ގްރީސްގެ ސެންޓޯރިނީއަށް ދެދުވަސް ތެރޭ 300 ބިންހެލުން އަތުވެއްޖެއެވެ.
ގްރީސްގައި ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސެންޓޯރިނީއަށް ފާއިތުވެދިޔަ ދެ ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ ބިންހެލުން ރެކޯޑު ކުރެވިފައިވާއިރު، އެއީ ކުދި ބިންހެލުންތަކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ ކުދި ބިންހެލުންތައް ގިނަ ވެފައިވުމުން އެކަމަކީ ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ނިޝާނެއް ކަމަށް ބަލައި، ފިޔަވަޅުތައް އަޅަން ފަށާފައެވެ.
15،500 މީހުން ދިރިއުޅޭ ސެންޓޯރިނީގެ 9000 އަށްވުރެ ގިނަ މީހުން މިހަފުތާތެރޭ އެކަނިވެސް އެރަށް ދޫކޮށް ގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ސެންޓޯރިނީއަށް އަންނަ ބިންހެލުންތަކުގެ މައުލޫމާތުތަކުން މިހާތަނަށް އެންމެ ބާރުގަދަ ބިންހެލުން ކަމަށް ރެކޯޑު ކުރެވިފައިވަނީ މިދިޔަ ދުވަހު އައި 5 މެގްނިޓިއުޑްގެ ބިންހެލުން ކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުން ތަކުގެ ސަބަބުން މިހާތަނަށް ބޮޑު ގެއްލުމެއް ވެފައިނުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސްކޫލުތައް ބަންދުކޮށް މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ