ބޮޑު އެސްޓްރޮއިޑެއް ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން ދާ ކަމަށާއި 2032 ވަނަ އަހަރު ދުނިޔެއަށް ފޯރާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
އެސްޓްރޮއިޑް 2024 ވައިއާރް4 ނަމުން ނަން ދީފައިވާ އެ އެސްޓްރޮއިޑް ދުނިޔެއާ ދިމާލަށް ދަތުރުކުރާ އިރު ދުނިޔެއާ ހަމައަށް ފޯރާނެ ކަމަށް ބެލެވެނީ 2032 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ޖައްވީ ދިރާސާތަކުން ދައްކާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނާސާގެ އިތުރުން ޖައްވީ ދިރާސާކުރާ އެހެން އިދާރާތަކުން އެ އެސްޓްރޮއިޑްގެ ހަރަކާތްތައް ދިރާސާކުރަމުން އަންނަ އިރު އަދި މިހާތަނަށް އެސްޓްރޮއިޑުގެ ނުރައްކަލުގެ ލެވެލް މަތިކޮށްފައެއް ނުވެއެވެ.
2024 ވަނަ އަހަރު ފެނިފައިވާ އެ އެސްޓްރޮއިޑް ކުރިޔަށް އޮތް 8 އަހަރު ތެރޭ ދުނިޔެއަށް ފެންނާނެކަމަށް ބެލެވޭ ކަމަށްވެސް ދިރާސާތަކުން ދައްކާ ކަމަށް ހަބަރުތައް ބުނެއެވެ.
މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލައި އެ އެސްޓްރޮއިޑް ދަތުރުކުރަމުން އަންނަ މަގުން ބަލާނަމަ 2032 ވަނަ އަހަރު ދުނިޔެއަށް ވެއްޓިދާނެ ކަމުގެ %1 ފުރުސަތު އޮތް ކަމަށްވެސް ދިރާސާތަކުން ހާމަވެފައިވެއެވެ.
ނާސާއިން ބުނެފައިވަނީ މިހާރު އެ އެސްޓްރޮއިޑް ދަތުރުކުރަމުން ދަނީ ދުނިޔެއާ 27 މިލިއަން މޭލު ދުރުން ކަމަށާއި ސިކުންތަކު 13.5 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކުރަމުންދާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ