މިދިޔަ އަހަރު ނިމުނުއިރު މުޅި ރާއްޖޭގެ އިންފްލޭޝަން 4.80 ޕަސެންޓަށް އަރާފައިވާ ކަމަށް ބިޔުރޯ އޮފް ސްޓެޓިކްސް އިން މިއަދު އާންމުކުރި ތަކެތީގެ އަގުތައް މައްޗަށްދާ މިންވަރު ވަޒަންކުރާ، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން 0.88 ޕަސެންޓުގައި ހުރި އިރު، އެ އަހަރު ނިމުނުއިރު އެ އަދަދު 4.80 ޕަސެންޓުގައި ހުރުމަކީ 3.9 ޕަސެންޓުގެ މަތިވުމެކެވެ.
ސީޕީއައިގެ ނަންބަރުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ވަނީ 1.11 މައްޗަށް ޖެހިފައެވެ. އިންފްލޭޝަން އެހާ ބޮޑަށް މައްޗަށް ދިޔަ މައިގަނޑު އެއް ސަބަބަކީ ސިނގިރޭޓާއި ދުންފަތް އަދި ދުފާ ތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުމެވެ. އެކަމާއި ގުޅިގެން ރެސްޓޯރެންޓް އަދި އެކޮމޮޑޭޝަންގެ ހިދުމަތްތަކުގެ އަގުތައްވެސް މައްޗަށް ދިޔައެވެ.
- ރެސްޓޯރެންޓް އަދި ކެފޭތަކުން ވިއްކާ ތަކެތީގެ އަގުތައް: 9.19 ޕަސެންޓް މައްޗަށް ދިޔަ
- ދުންފަތުގެ އަގުތައް: 11.15 ޕަސެންޓް މައްޗަށް ދިޔަ
- ތަރުކާރީގެ އަގުތައް: 4.48 ޕަސެންޓް މައްޗަށް ދިޔަ
- މޭވާގެ އަގުތައް: 2.78 ޕަސެންޓް މައްޗަށް ދިޔަ
- ގޭގައި ހިފާ ގެންގުޅޭ ތަކެތީގެ އަގުތައް: 3.02 ޕަސެންޓް މައްޗަށް ދިޔަ
- މުވާސަލާތީ ހިދުމަތްތަކުން: 3.73 ޕަސެންޓް ދަށަށް ދިޔަ
- ކަރަންޓުން: 2.28 ޕަސެންޓް ދަށަށް ދިޔަ
- ފެން: 0.69 ޕަސެންޓް ދަށަށް ދިޔަ
- ތައްޔާރީ ކާބޯތަކެތި: 0.52 ޕަސެންޓް ދަށަށް ދިޔަ
ޚަބަރު
ޚަބަރު
ޚަބަރު