ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 (ކްރިއޭޓިވް އިކޮނޮމީ) ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ އުފެއްދުންތެރި ސިނާއަތްތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ޕްރޮޖެކްޓް (މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ 2025)ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31ގެ 14:00 ކަމަށެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ އެ ޕްރޮޖެކްޓް ދެ އަހަރު ދުވަހަށް ކުރިއަށްގެންދާ އިރު، ބްރޭންޑް ޑިވެލޮޕްމަންޓާއި އައިޕީ ޕްރޮޓެކްޝަން އަދި ބަސިނެސް ސްކޭލިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ވިޕޯއާ ލާނިން ސެންޓަރާއެކު އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ އެ މަސައްކަތުގެ މަގުސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލުކަން ދިވެހި އަދި ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލައި ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31ގެ ކުރިން [email protected] އަށް ޕޯޓްފޯލިއޯ ހިއްސާކޮށްގެން އީއޯއައި ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.
- ޕައިލެޓް އައިޕީ ޓްރެއިނިން އެންޑް މެންޓަރިން: ކްރިއޭޓިވް، އިނޮވޭޝަން އަދި އެންޓަޕްރެނާޝިޕް ޕްރޮސެސްގެ ކޮންމެ މަރުހަލާއެއްގައި ވެސް އައިޕީ ޓޫލްސް ބޭނުންކުރުމަށް ބައިވެރިން ތައްޔާރުކުރުން.
- ދިވެހިރާއްޖޭގެ އުފެއްދުންތެރި އިގުތިސާދު ހަރުދަނާކުރުން: އިންކްލޫސިވްކަން އިތުރުކޮށް، ވަޒީފާ އުފައްދައި، މުއްސަނދިކަން ހޯދުމާއި، ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރުން.
- މޮނިޓައިޒް އެންޑް ޕްރޮޓެކްޓް ކްރިއޭޓިވިޓީ: ބައިވެރިންގެ އައިޕީ އެސެޓްތައް މޮނިޓައިޒްކޮށް ރައްކާތެރިކޮށްދޭ ވިޔަފާރީގެ މޮޑެލްތައް އުފެއްދުމަށް އެހީތެރިވެދިނުން.
- ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ތަފާތު ބްރޭންޑްތައް ގާއިމުކޮށް ކުރިއެރުވުމަށް ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނަށް އެހީތެރިވުމުގެ މުހިންމުކަމުގެ މައްޗަށް މި ޕްރޮޖެކްޓުގައި އަލިއަޅުވާލާފައިވޭ.
- މިގޮތަށް ކަންތައް ކުރުމުން ބައިވެރިންގެ ލޯކަލް އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ގާބިލުކަން އިތުރުވެ، މާކެޓް ވިޒިބިލިޓީ އިތުރުވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ.
- ގުޅޭ ތަފްސީލު: ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް، ފޯނު ނަންބަރު، އީމެއިލް އެޑްރެސް.
- އެންޓިޓީ/އިންޑިވިޖުއަލް މައުލޫމާތު: ވަކި ފަރުދެއް، ފަރުދީ ފާމެއް ނުވަތަ ކުންފުންޏެއްގެ ތަފްސީލު.
- ޕްރައިމަރީ ކޮންޓެކްޓް: މަގާމު ލިބިފައިވާ މީހަކާ ކޮންޓެކްޓްވުން.
- ކަމާ ގުޅުންހުރި ތަޖުރިބާ: ކުރީގެ އުފެއްދުންތެރި ޕްރޮޖެކްޓްތައް/ވިޔަފާރިތަކުގެ ކުރު ބެކްގްރައުންޑް/ޕޯޓްފޯލިއޯ.
ޚަބަރު
ޚަބަރު
ޚަބަރު