ވައި ނުސާފުވެ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ 250 އަށްވުރެ ގިނަ ސްކޫލް ބަންދުކޮށްފިއެވެ.
ބެންކޮކްގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފު ވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާ އިރު، އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ގޭގައި މަސައްކަތް ކުރުމަށް ސަރުކާރުގެ އޮފިޝަލުން ވަނީ އަންގައިފައެވެ.
ވައިނުސާފުވުން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެސިޓީގެ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވުން ވެސް މަނާކޮށްފައެވެ.
އިއްޔެ ހެނދުނު ބެންބޮކް ވަނީ ދުނިޔެއިން އެންމެ ވައި ނުސާފު ފަސް ސިޓީގެ ތެރޭގައި ހިމެނިފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އައިކިއުއެއާގެ ވައިނުސާފު ލެވެލްގެ 2.5 ލެވެލްގައި ބެންކޮކްގެ ވައި ނުސާފުވެފައިވާ އިރު، ކެންސަރަށް މަގުފަހިވާ މިންވަރަށް ވައި ނުސާފުވެ ނުރައްކާތެރިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ