މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެ ކަމަށް އަންގައިފިއެވެ.

ޓިކްޓޮކް އިން ވަނީ އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައިވާ ގަރާރާ ގުޅިގެން، އެ އެޕްލިކޭޝަންގެ ހިދުމަތް އެ ގައުމުގައި ދިނުން ހުއްޓާލަން ނިންމާފައިވާކަމަށް ބުނެފައެވެ.

ބައިޑަންގެ ސަރުކާރުން ދައުރު ނިމުމުގެ ކުރިން ވަނީ ޓިކްޓޮކް އާއިމެދު ގޮތެއް ނިންމުމަށް އިންތިހާބީ ރައީސް ޓްރަމްޕް އަށް ދޫކޮށްލުމަށްވެސް ނިންމައިފައެވެ. ނަމަވެސް ފާސްކޮށްފައިވާ ގަރާރުގެ ދަށުން މާދަމާއިން ފެށިގެން ޓިކްޓޮކް، ގޫގުލް އަދި އެޕަލްގެ ހިދުމަތްތަކުން ލިބޭނަމަ ފިޔަވަޅު އަޅާނެއެވެ.

އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓިކްޓޮކްގެ މައްސަލަ އެމަނިކުފާނުގެ ސަރުކާރުން ބެލުމަށް ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ.

ހޯމަ ދުވަހު އެމެރިކާގެ އާ ދައުރަކަށް ޓްރަމްޕު ހުވާ ކުރައްވާއިރު މާދަމާ ޓިކްޓޮކް ހުއްޓާލަނީ ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގާފައިވާތީ ކަމަށް ޓިކްޓޮކް އިން ބުނެއެވެ.