މޯލްޑިވްސް މެރިން އެކްސްޕޯ އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރަސްފަންނުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިވެންޓްތަކުގެ މައުލޫމާތު ދެއްވަމުން މީޑިއަމް އިވެންޓްސްގެ ޑައިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވީ، ކުރިއަށް ހުރި އިވެންޓްތަކަކީ އާންމު ދިރިއުޅުމާ ގުލުވައިލައިގެން ކުރިޔަށްގެންދަން ރާވާފައިވާ އިވެންޓްތަކެއް ކަމަށެވެ.

އޭގެތެރޭގައި މެރިން ސެގްމަންޓް، ކޮންސްޓްރަކްޝަން ސެގްމަންޓް، އޭވިއޭޝަންސް އަދި ހޮޓެލް ސަޕްލައި ސެކްޓާތައް ހިމެނެއެވެ. މިފަހަރުގެ އެކްސްޕޯގެ ނަމަކީ "ކޮބާ ތައްޔާރު" އެވެ.

އެ އިވެންޓުތައް ކުރިޔަށްގެންދިމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވިޔަފާރީގައި ހުރި ގޮންޖެހުންތައް މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި އެ އިވެންޓުތައް ކުރިޔަށްގެންދަނީ ރާއްޖޭގެ އެންޖީއޯތަކާވެސް ގުޅިގެންކަމަށް ޝާމް ވިދާޅުވިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓުތައް ރާއްޖޭގައި ފަށައިފައިވަނީ 2014 ގައެވެ. މިއަދު ރާއްޖޭގެ މެރިން އެކްސްޕޯއަކީ ގައުމީ ފެންވަރުގެ މާކެޓެކެވެ. އަލްޝާލީ، ގަލްފް ކްރާފްޓް ފަދަ ކުންފުނިތަކުން މެރިން އެކްސްޕޯއަށް އަމާޒުކޮށް ބޯޓުތަކުގެ ތަފާތު މޮޑެލްތައް ތައްޔާރުކުރެއެވެ.

  • މޯލްޑިވްސް މެރިން އެކްސްޕޯ - ފެބްރުއަރީ 6 އިން 9 އަށް ހުޅުމާލެ ސެންޓްރަލް ޕާކް (ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރަސްމީ އެކްޒެބިޝަން). މީޑިއަމް އިވެންޓްސް އަކީ އިވެންޓް އޮގަނައިޒަރ
  • ޑައިވާސް ނައިޓް - ފެބްރުއަރީ 6
  • ކެޕްޓަންސް ނައިޓް - ފެބްރުއަރީ 7
  • ފިޝަމަންސް ނައިޓް - ފެބްރުއަރީ 8
  • އިންޖިނިއާސް ނައިޓް - ފެބްރުއަރީ 9
  • ބިލްޑް އެކްސްޕޯ - އޭޕްރިލް/ 24 އިން 27 އަށް ހުޅުމާލެ ސެންޓްރަލް ޕާކް (މަސީގެ ރަސްމީ އެކްޒެބިޝަން)
  • މޯލްޑިވްސް ހޮޓެލް އެންޑް ޓްރޭޑް އެގްޒިބިޝަން (ހޮޓެލް ސަޕްލައިއަށް ޓާގެޓްކޮށްގެން)
  • އޭވިއޭޝަން ފޯރަމް - ޖޫން 2 ގައި ( ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ޓާގެޓްކޮށްގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ، އިންޑަސްޓްރީގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެކެވި އަދި ބިސްނަސް ނެޓްވޯކް ކުރުން އަހި ހައްލުތަކަށް ވާހަކަ ދެއްކުމަށް ބާއްވާ ޑައިލޮގް ފޯރަމެއް)
  • މެރިން އިންޑަސްޓްރީ ފޯރަމް - 17 ޖޫން (އިންޑަސްޓްރީގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ވާހަކަތައް ދެއްކުމަށް ހަމަޖެހިފައިވާ ފޯރަމް)
  • ހޮޓެލް ސަޕްލައި ކޮންފްރެންސް - (ޓޫރިޒަމާ ބެހޭ އެންމެ ބޮޑު ސެގްމަންޓް ވަރުގަދަ އިންޑަސްޓްރީއަކަށް ހެދުމަށް، ހޮޓެލް ހޮސްކޯ
  • ކޮންސްޓަރަކްޝަން އިންޑަސްޓްރީ ފޯރަމް - (ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ވާހަކަދެއްކުން)
  • އޭޕްރިލް 24 - އޯޕަނިން 15:30 ގައި/ ސްޓޭޖް އެކްޓިވިޓީސް 16:30/ ބިލްޑާސް އެކްޓިވިޓީސް - 20:30
  • އޭޕްރިލް 25 - ޕްރެސް ޓުއާ 10:00/ ކިޑްސް އިވެންޓްސް 16:30 ހުޅުމާލެ ސެންޓްރަލް ޕާކް/ ސަޕްލަޔާސް ނެޓްވޯކް 20:30
  • އޭޕްރިލް 26 - ޕްރީމިއަމް ލޯންޗިން 11:00/ ކިޑްސް އެވެއާނެސް 16:30/ ޑިވެލޮޕާސް ނައިޓްސް 20:30
  • އޭޕްރިލް 27 - ސްޓޭޖް އެކްޓިވިޓީސް 16:30/ ލައިވް މިޔުސިކް/ އެންޓަޓެއިން 20:15/ ކްލޯސިންގް ސެރެމަނީ 21:30