ނާސާގެ އުޅަނދު އިރާ އެންމެ ކައިރިއަށް ދަތުރުކޮށްފިއެވެ.
ނާސާގެ ދަ ޕާކާ ސޯލާ ޕްރޯބް އިރުގެ ކައިރިޔަށް މިހާތަނަށް އެއްވެސް އުޅަނދަކަށް ނުދެވޭހާ ކައިރިޔަށް ދަތުރުކޮށް އެ މިޝަން ކާމިޔާބު ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ނާސާގެ އުޅަނދުގެ ދަތުރު ކާމިޔާބުވެފައިވާއިރު އެ އުޅަނދަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އިތުރު މައްސަލައެއް ވެސް ދިމާވެފައި ނުވާކަމަށް ނާސާއިން ބުނެއެވެ.
ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނާސާގެ އުޅަނދު ވަނީ އިރާ 6.1 މިލިއަން ކިލޯމީޓަރާ ކައިރިޔަށް ދަތުރުކޮށްފައި ކަމަށް ނާސާއިން ބުނެއެވެ. އަދި އެ މިޝަންގައި އެ އުޅަނދުން ވަނީ އިރާ ގުޅޭ މުހިންމު، ގިނަ މައުލޫމާތުތަކެއް އެއްކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ނާސާއިން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ އުޅަނދު އިރާ ގާތަށް ދަތުރުކުރިއިރު އެ ހިސާބުގެ ހޫނުމިން ހުރީ 982 ޑިގްރީގައެވެ.
ނާސާގެ އުޅަނދު އެއްކޮށްފައިވާ މައުލޫމާތު ފުރިހަމަކޮށް ދުނިޔެއަށް ފޮނުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ނާސާއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ