ޖަމިއްޔަތުއް ސަލަފުގެ އެއް މުއައްސިސް އަލީ ރަމީޒު، އެ ޖަމިއްޔާއިން ވަކިވެއްޖެއެވެ.
ޖަމިއްޔަތުއް ސަލަފުގެ މާކެޓިން އޮފިސަރުގެ މަގާމުގައި ހުރި އަލީ ރަމީޒަކީ ސަލަފް ޖަމިއްޔާ އުފެއްދުމުގައި ވެސް އިސްކޮށް އުޅުނު ފަރާތެކެވެ.
އަލީ ރަމީޒް އޭނާގެ ފޭސްބުކް އެކައުންޓުގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ސަލަފް ޖަމިއްޔާއިން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރެއެވެ.
އަލީ ރަމީޒް ގިނަ ބަޔަކަށް އެނގުނީ މިއުޒިކްގެ ދާއިރާ އިންނެވެ. ނަމަވެސް އޭނާ ވަނީ 2003 ވަނަ އަހަރު ލަވަ ކިޔުން ހުއްޓާލައިފައެވެ. އޭގެ ފަހުން އަލީ ރަމީޒް ހަރަކާތްތެރިވެފައިވަނީ ދީނީ ދާއިރާގައެވެ. އެގޮތުން ދީނީ ޕްރޮގުރާމްތައް ހުށަހަޅައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ޕްރޮގުރާމްތަކުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު