އަންނަ އަހަރު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ޕާޓްނަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ހަމަޖައްސައިފިއެވެ.
ބީކޭއެމްޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސެގްމެންޓްތަކަށް އަމާޒުކޮށްގެން ކަމަށެވެ. އޭގެ ތެރޭގައި ބޯޓު މެޝިނަރީގެ ހާއްސަ އަގުތައް ހިމެނޭ ކަމަށް ބުންޏެވެ.
މީގެ އިތުރުން ސްޕެއާތަކާއި މަސްވެރިކަމަށް ބޭނުންވާ އާލާތްތަކާއި މަސްވެރިންނަށް ހާއްސަ "މަސްވެރިންގެ ނައިޓް" ގެ ނަމުގައި ހާއްސަ ރެއެއް މެރިން އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.
އަންނަ އަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 6-9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.
އެ އެކްސްޕޯގެ ތެރެއިން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަސް ހާއްސަކޮށްފައިވަނީ މަސްވެރިންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު