މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ މަސްވެރިން ކުރަމުން އަންނަނީ ހީވާގި ބުރަ މަސައްކަތެއް ކަމަށެވެ. ނައިބު ރައިސް ވިދާޅުވީ، ދިވެހި އިގްތިސޯދުގެ ލޭނާރުގެ ގޮތުގައި ސިފަކުރާ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ފަހުގެ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުން މުހިންމުކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެންބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.
ދިވެހި މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މަސްވެރިކަމުގެ ދާއިރާއަށް މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު ވައުދު މިއަދުން ފެށިގެން ފުދިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އިއުލާނުކުރައްވާފައެވެ. އެއީ 48 ގަޑިއިރު ތެރޭގައި ބާނާ މަހަށް ފައިސާ ދޫކުރަމުންދިއުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު