ރޯދަމަސް

ރޯދަމަހުގެ 18 ވަނަ ދުވަސް: ރޯކަދުރު ކިލޯއެއް 400ރ އަށް

މުހައްމަދު އައުޒަމް

މިރޯދަމަހުގެ ބާޒާރުގެ އެންމެ އަގުބޮޑު ކަމަށް ބުނަމުންދިޔަ ކަނޑޫދޫ މިރުސް ވައްޓައިލުމަށްފަހު އަގުބޮޑު ލިސްޓުގެ އެއްވަނައަށް ރޯކަދުރު އަރައިފިއެވެ.

މިދުވަސްވަރު މޫސުން ގޯސް ނަމަވެސް މާރުކޭޓުގައި މުދާ ގިނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރޯދަމަހުގެ ބާކީ ހުރިދުވަސްތަކުގައި އަގުތަށް އުފުލިދާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ. މާރުކޭޓުގައި ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރުވެސް ނުފެނި ހުރި ރޯކަދުރު މަދުން ނަމަވެސް ބައެއް ގޮޅިތަކުގައި މިއަދު ހުރިކަން ފާހަގަކޮށްލެވެއެވެ. ރޯކަދުރުގެ އަގު 400ރ އަށް ކިލޯ ލިބެން ހުރިއިރު މިއީ މިހާތަނަށް ރޯކަދުރު ވިއްކި އެންމެ އަގުބޮޑުފަހަރުކަމަށް ވިޔަފާރިވެރިން ބުނެއެވެ. ރޯކަދުރު ލިބުން ދަތިވެފައިވާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ރޯކަދުރު އެންމެ އަގުބޮޑުވިޔަސް އަރާނީ 150ރ އަށް ކިލޯއެއްކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މާރުކޭޓުގައި ރޯދަމަހަށް ހާއްސަ ބާވަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ކަރާވެސް 18ރ، 20ރ އަށް ކިލޯ ލިބެން ހުރިއިރު ދިވެހި އަނބުވެސް 8 އަނބުގެ ބައެއް 100ރ އަށް ލިބެއެވެ. ފަތްޕިލާވެލީގެ ބާވަތްތަކުގެވެސް އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 18ރ ، 20ރ ކިލޯ
2. ލެޓިޔުސް 40ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 150ރ ، 550ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 35ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 10ރ އާއި 15ރ އާ ދެމެދު
10. ކުރުނބާ 10ރ އަދި 25ރ
11. ފާގަ 55ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 45ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 35ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 2ރ، 7ރ
23. ރޯކަދުރު 400ރ ކިލޯ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 4 މަސް
6. މާނިޔާމަހެއް 50ރ
7. ދޮން ނޫމަސް 20ރ އަށް 3 މަސް