އދ.މަހިބަދޫގައި ބިދޭސީން އުޅޭ ގެޔަކުން ވައްކަންކޮށްގެން ދެމީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހިނގި މި ވައްކަމުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.
އިއްޔެ މެންދުރު 12:11 ހާއިރު ހިނގި މި ވައްކަމުގައި ބިދޭސީން އުޅޭ ގެއެއްގެ ތެރެއިން ވަގަށް ނަގާފައިވަނީ ހަތަރު ފޯނުގެ އިތުރުން 200 ރުފިޔާ އެވެ. މި ހަތަރު ފޯނުގެ ތެރެއިން މިހާތަނަށް ފުލުހުންވަނީ ތިން ފޯނެއް ހޯދާފައެވެ. މި ތިން ފޯނުގެ ތެރެއިން ދެ ފޯނެއް ފުލުހުން ހޯދާފައިވަނީ އެ ފޯނު ވިއްކާލި މީހުން ހޯދުމަށްފަހު އެމީހުންނާއި ވާހަކަ ދައްކައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.