ބިއުޓީ

ކޭންސް 2019: އައިޝް އާ ބިއުޓީ ޓްރެންޑެއް ތައާރަފު ކޮށްފި

އައިޝްވަރިޔާ ރާއީ ބަޗަން (އައިޝް) އަކީ ކޭންސް ފެސްޓިވަލްތަކުގައި ބައިވެރިވާ އެންމެ އައިކޯނިކް އެއް ތަރިއެވެ. ކޮންމެ އަހަރަކުވެސް އައިޝް އަންނަނީ ތަފާތު ކަމެއް ނުވަތަ ޓްރެންޑެއް ކޭންސްގައި ތައާރަފުކުރަމުންނެވެ.

ޕްރިންސަސް ހެދުންތަކުންގޮސް ކޮކާ ހެދުންތަކާ ހަމައަށް އައިޝްގެ ލުކް ތަކަކީ އެއަށް އެތައް ބަޔަކު ކޮންމެ އަހަރަކުވެސް އިންތިޒާރުކުރާ ލުކް ތަކެކެވެ. އައިޝްގެ ސިގްނޭޗާ "ރެޑް ލިޕްސް" އަކީ އެންމެންގެ ހިތުންވެސް ފިލައިގެން ނުދާނެ ކަމެކެވެ.

މިހާތަނަށް އެންމެންވެސް އެންމެ ބޮޑަށް ސިއްސުވާލީ 2016 ވަނަ އަހަރު ދަނބުކުލައިގެ ލިޕްސްޓިކެއްގައި އައިޝް ރެޑް ކާޕެޓުން ފެނިގެން ދިޔުމުންނެވެ. ބިއުޓީ އަދި ފެޝަން ކްރިޓިކްސް އާއި ފޭނުންގެ ފަރާތުން އެކި ކަހަލަ ކޮމެންޓްތައް އެ ކަމަށް ލިބިގެންދިޔައެވެ. ގިނަ ބަޔަކަށް އޭނާ ކުރި މި ތަފާތު ކަންތައްވީ މޮޅު ކަމަކަށެވެ. ބައެއް މީހުން އެހާ ހިތްހަމައެއް ނުޖެހުނެވެ.

މީގެ އިތުރުން ހަމަ އެއަހަރު ކޭންސް ގެ ރެޑް ކާޕެޓްގައި އައިޝް ވަނީ އަނެއްކާވެސް އޭނާގެ ފޭނުންގެ ހިތްތަށް ކަތިލާފައެވެ. ރަންކުލައިގެ ގައުނަކާއެކު ޓާކުއިޒް ކުލައިގެ އައި ޝެޑޯއެއްގައި އައިޝްފެނިގެން ގޮސްފައިވެއެވެ. މި ލުކްގައި އޭނާގެ ފުރިހަމަކަން އިތުރުކޮށްދިނެވެ.

އައިޝްގެ ތަފާތު މޭކަޕް ޓްރެންޑްތަކަށް މިއަހަރު މިވަނީ އާ ޓްރެންޑެއް ތައާރަފުކޮށްފައެވެ. އެގޮތުން މިފަހަރު އައިޝް ރެޑް ކާޕެޓުން ފެނިގެން ގޮސްފައިވަނީ ކަންފަތުގައި މޭކަޕް ކޮށްގެންނެެވެ.

ރަންކުލައިގެ މާމެއިޑް ގައުނަކާއި މިނިމަލް ގޯލްޑަން މޭކަޕެއް އައިޝް ކޮށްފައިވާއިރު، ކަންފަތުގައިވެސް ވަނީ ރަންކުލަ ބޭނުން ކޮށްފައެވެ. ކަންފަތް މިގޮތަށް ހައިލައިޓް ކުރުމުން މޫނާއި އިސްތަށިގަނޑަށްވުރެ އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އައިޝްގެ ކަންފަތަށެވެ.

ކޮންމެއަކަށް އައިޝް މި ތައާރަފު ކުރި ޓްރެންޑް ހަމަގައިމުވެސް ފެޝަން ޝޯތަކުގައި ފެނިގެން ދިއުމުގެ އިތުރުން އެތައް ބަޔަކުވެސް ބޭނުން ކުރަން ފަށާނެކަމާ މެދު ޝައްކެއްނެތެވެ.