ބޮލީވުޑް

ކަރީނާ، ދީޕިކާ އަދި ކެޓްރީނާ ފުލުހުންގެ ރޯލަށް ވަރަށް ގުޅޭނެ: އަޖޭ

ޑައިރެކްޓަރު ރޯހިތް ޝެޓީ ވަނީ ބޮލީވުޑްތަރިން ހިމެނޭ، އޭނާގެ އަމިއްލަ ފުލުހުންގެ ދުނިޔެއެއް ހަދާނެ ކަމަށް ބުނެފައެވެ. ރޯހިތު މިހާތަނަށް އުފައްދާފައިވާ ފިލްމުތައް ކަމަށްވާ ސިންގަމް އަދި ސިމްބާ އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި މިހާރު އޭނާ އަންނަނީ ފުލުހުންނަށް ހާއްސަކޮށް ތިންވަނަ ފިލްމެއް ކަމަށްވާ "ސޫރްޔަވަންޝީ" އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސިންގަމް ގައި އަޖޭ ދޭވްގަން، ސިމްބާ ގައި ރަންވީރު ސިންގް އަދި ސޫރްޔަވަންޝީގައި އަކްޝޭ ކުމާރު ވަނީ ފުލުހުންގެ ރޯލުން މޮޅު އެކްޓެއް ދައްކައިފައެވެ. ޑައިރެކްޓަރު ރޯހިތު ވަނީ އޭނާ ދެން އެންމެ އަވަހަށް ހަދަން ބޭނުން ވަނީ އަންހެން ފުލުހެއްގެ ރޯލު ދައްކުވައިދޭ ފިލްމެއް ކަމަށް ބުނެފައެވެ. އޭނާ ބޭނުންވާ ބޮލީވުޑްގެ ފުލުހުންގެ ދުނިޔެ އަށް ބަތަލާއިންވެސް އިތުރު ކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

ބަތަލު އަޖޭ ބުނީ ބޮލީވުޑްގައި އަންހެން ފުލުހުންގެ ރޯލު ކުޅުމަށް ކުޅަދާނަ އަދި ގުޅޭ ބަތަލާއިން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރު ޚާން، ކެޓްރީނާ ކައިފް އަދި ދީޕިކާ ޕަޑުކޯންގެ ނަން އަޖޭ ވަނީ ފާހަގަ ކޮށްފައެވެ.

އަޖޭ އިތުރަށް ބުނީ އަލަށް ބޮލީވުޑަށް ނުކުމެ އުޅޭ ބަތަލާއިންވެސް އެމީހުންގެ ގޮތުގައި މޮޅުކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ، އަޖޭ ތާބޫ އަދި ރާކުލް ޕްރީތް ސިންގް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ރިލީސްކޮށްފައެވެ. ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.