އެމްޓީސީސީ

ލޯންޗެއްގައި އެއްޗެއް ގޮވި ހާދިސާ: އެކެއްގެ ހަށިގަނޑުގެ 30 ޕަސެންޓް އޮތީ ފިހިފައި

ހުޅުމާލޭ ފަޅުގައި އޮތް އެމްޓީސީސީގެ ލޯންޗެއްގައި އެއްޗެއް ގޮވި ހާދިސާގައި ފިހުނު ދެމީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 30 ޕަސެންޓް ފިހިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

''ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިހިގެން ގެނައި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގެ ވޯޑުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު އިއްޔެ ދޫކޮށްލާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެހާދިސާގައި އެންމެ ބޮޑަށް ފިހިފައިވަނީ ހދ. ވައިކަރަދޫ ނޫރީގެ، އަލީ އިމްރާން 39އ، އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ބެޓެރިއެއް ގުޅަން އުޅުމުގެ ތެރޭގައި ސްޕާކެއް ކުރުމުންނެވެ.