ރޯދަމަސް

ރޯދަމަހުގެ ސޯޅަވަނަ ދުވަސް: ފަތްޕިލާވެލީގެ ބާވަތްތައް އަގުހެޔޮވެއްޖެ

1

ރޯދަމަހުގެ ފަހުކޮޅަށް މިސްރާބުޖަހާފައިވާއިރު ބާޒާރުގައި ތަކެތީގެ އަގުތައްވެސް ހެޔޮވެ ތިޔާގިވާން ފަށައިފިއެވެ.

ދިވެހިން ރޯދަމަހު ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް ރޯދަ ފެށުނުއިރާ އަޅާބަލާއިރު މިހާރު ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ. މިއަދު މާރުކޭޓުގައި އެންމެ ފާހަގަ ކޮށްލެވޭނީ ރޯދަމަހު ފުރަތަމަދުވަހު 120ރ އަށް ކިލޯ ލިބުނު ލެޓިއުސްގެ އަގު ބޮޑުތަނުން ތިރިވެ މިހާރު ލެޓިއުސް ކިލޯއެއް ލިބެންހުރީ 25ރ އަށްކަން ފާހަގަކޮށްލެވެއެވެ. ޖުމްލަކޮށް ބަލާނަމަ މުޅި ބާޒާރުގައި މިއަދު އެންމެ ގިނައީ ލެޓިއުސްއެވެ. އެހެނިހެން ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް މިއަދު ލިބެން ހުރީ 5ރ އަށެވެ. ކަންކުން ފަތް ބޮނޑިއެއް ވެސް 5ރ އަށް ލިބެއެވެ. ކޮޕީފަތް މިއަދު ލިބެން ހުރީ 10ރ އަށް ބޮނޑިއެކެވެ.

މާރުކޭޓުގައި ތަރުކާރީގެ އަގުތަކަށް ބަލާއިރު ރޯދަމަސް ފެށުނުއިރާ އަލާބަލާއިރު ބައެއް ބާވަތްތައް އަގު ހެޔޮވެއްޖެކަން ފާހަގަކޮށްލެވެއެވެ. ކެބެޖް ކިލޯއެއް 50ރ އަށް ރޯދަމަހު ކުރީކޮޅު ލިބުނުއިރު މިހާރު ކެބެޖް ކިލޯއެއް ލިބެން ހުރީ 25ރ އަށެވެ. ކިއުކަމްބާވެސް 50ރ އަށް ކުރީކޮޅު ލިބުނުއިރު މިހާރު ކިއުކަމްބާ ލިބެން ހުރީ 15ރ އަށް ކިލޯގެ ރޭޓުންނެވެ. ރޯދަމަހުގެ ފަހުދިހައެއްގައި ތަރުކާރީގެ އަގަށް ހެޔޮ ބަދަލައެއް އައިސްދާނެކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު ހެނދުނު 10:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 18ރ ، 20ރ ކިލޯ
2. ލެޓިޔުސް 25ރ ކިލޯ
3. ބޭރު ތޮޅިމިރުސް 55ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 400ރ ، 600ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 15ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 15ރ
10. ކުރުނބާ 10ރ އަދި 30ރ
11. ފާގަ 60ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 45ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 8ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 25ރ ކިލޯ
19. ޔޫގެންޑާ މިރުސް 120ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 60ރ ކިލޯ
22. ދޮންކެޔޮ 3ރ، 5ރ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ރެހި 15ރ ޖޯޑެއް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 40ރ
7. ރިއްމަސް 20ރ އަށް 5 މަސް
8. ރަތްމަސް 300ރ- 500ރ