ރޯދަމަސް

ރޯދަމަހުގެ ފަނަރަވަނަ ދުވަސް: ކަރާ ތިޔާގިވެ ކިލޯއެއް 20ރ އަށް

މުހައްމަދު އައުޒަމް

ރޯދަމަހުގެ ފަނަރަ ވަނަ ދުވަހާ ކުރިމަތިލިއިރު މާރުކޭޓުގައި ހުރިހާ ބާވަތެއްގެ މުދަލެއް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރޯދަމަސް ފެށުނު އިރު 45ރ އަށް 40ރ އަށް ކިލޯ ލިބުނު ކަރާކިލޯގެ އަގު ރޯދަމަހުގެ މެދާޖެހުނުއިރު މިވަނީ އަގު ތިރިވެ ތިޔާގިވެފައެވެ. ލޯކަލްމާރުކޭޓުގެ ހުރިހާ ގޮޅިއެއްގައިހެން ކަރާ ލިބެންހުރިއިރު ކިލޯއެއް 20ރ، 18ރ އަށް ލިބެއެވެ. ބާޒާރުގައި ކަރާ ތިޔާގިވެފައިވަނީ ބޮޑު ސްޓޮކެއް އިއްޔެ ބާޒާރަށް އައުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގައި ކަރާގެ އަގު އިތުރަށް ހެޔޮވާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ބާޒާރުގެ އެހެނިހެން ބާވަތްތަކުގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މަސް މާރުކޭޓުގެ ކަނޑު މަހުގެ އަގުތަކަށް ވެސް ބޮޑު ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ. ކަނޑުމަސް އަދި ކަންނެލި މިއަދު ލިބެން ހުރީ 35ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. ބޮޑު ކަންނެލި 40ރ އަށް ކިލޯ ލިބެންހުރިއިރު ރޯދަފެށުނު އިރާބަލާއިރު މަހުގެ އަގުތަށް އެއްވަރެއްގައި ހުރިކަން ފާހަގަކޮށްލެވެއެވެ.

މިއަދު ހެނދުނު 10:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 18ރ ، 20ރ ކިލޯ
2. ލެޓިޔުސް 50ރ ކިލޯ
3. ބޭރު ތޮޅިމިރުސް 80ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 450ރ ، 600ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 03ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 15ރ ، 20ރ
10. ކުރުނބާ 20ރ އަދި 30ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 55ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 8ރ ބޮނޑިއެއް
17. ކެޕްސިކަމް 65ރ ކިލޯ
18. ކެބެޖް 35ރ ކިލޯ
19. ޔޫގެންޑާ މިރުސް 100ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް ، 150ރ ކިލޯ
21. ބޭރު އަނބު 60ރ ކިލޯ
22. ދޮންކެޔޮ 2ރ، 5ރ
23. ފާގަ 70ރ ކިލޯ

މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 3 މަސް
5. މުށިމަސް 20ރ އަށް 6 މަސް
6. މާނިޔާމަހެއް 50ރ
7. ރިއްމަސް 20ރ އަށް 3 މަސް
8. ރަތްމަސް 300ރ- 500ރ