އެންސީޓީސީ

ހެކްކުރަން އުޅޭ ކަމަށް ޝައްކުވުމުން އެންސީޓީސީގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

މަރިޔަމް ޝަހުދާ

އެކައުންޓު ހެކްކުރަން އުޅޭ ކަމަށް ޝައްކުވުމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި އެވެ.

އެންސީޓީސީން އާންމުކުރި ބަޔާނެއްގައި ބުނީ، އެންސީޓީސީގެ އެކައުންޓުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނި، ޓުވިޓާގެ ގަވައިދުތަކަށް ނުފެތޭ ބައެއް ކަންކަން ފާހަގަ ވެފައިވާ ކަމަށެވެ. ކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެންސީޓީސީން މައުލޫމާތު ދެއެވެ.

އެންސީޓީސީގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކުރުމާއެކު މިހާރު އެންސީޓީސީން އޮޕަރޭޓްކުރާ އިތުރު ޓުވިޓަ އެކައުންޓެއް ނެތް ކަމަށްވެސް އެންސީޓީސީގެ ބަޔާނުގައި ވެއެވެ. ޓުވިޓާ މެދުވެރިކޮށް އެންސީޓީސީ އަށް މައުލޫމާތު ފޯރުކޮށް ނުދެވުނު ނަމަވެސް ހޮޓްލައިން ނަންބަރު 1615 އަށް ގުޅައިގެން ނުވަތަ އީމެއިލް [email protected] އަށް މެއިލްކޮށްގެން އެ ސެންޓަރަށް މައުލޫމާތު ދެވޭނެ ކަމަށް އެންސީޓީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.