ޚަބަރު

ރޯދަމަހުގެ ތޭރަވަނަ ދުވަސް: ބާޒާރުގައި އަނބު ތިޔާގިވެފައި

މުހައްމަދު އައުޒަމް

1

ރޯދަމަހުގެ 13 ވަނަ ދުވަހަށް ކުރިމަތިލީއިރު ބާޒާރުގައި މިއަދު ދިވެހި އަނބު ތިޔާގިކަން ފާހަގަކޮށްލެވެއެވެ.

ދިވެހި އަނބު ބާޒާރުގައި ގިނަ އަދަދަކަށް ހުރި ކަމުގައިވި ނަމަވެސް ބޭރު އަނބުވެސް ވަކި މަދެއް ނޫނެވެ.

އަނބުގެ އަގުތަކަށް ބަލާއިރު ދިވެހި އަނބު ބައެއް 100ރ އަށް ލިބެން ހުއްޓެވެ. އަނބު ބަޔަކުން 5 އަނބު، 8 އަނބު ލިބެއެވެ. ދިވެހި އަނބު ކިލޯއިން ނަގާނަމަ ކިލޯއެއް ލިބެން ހުރީ 150ރ ގެ ރޭޓުންނެވެ. އަނބު ވިއްކާ ފަރާތްތަކުން ވަނީ ކުރިޔަށް ހުރި ދުވަސްތަކުގައި އަނބު އަގުހެޔޮވެގެން ދަނެ ކަމަށް ބުނެފައެވެ.

ދިވެހިން ރޯދަމަހު އާންމުކޮށް ބޭނުންކުރާ ފަތުގެ ބާވަތްތައް ވެސް ބާޒާރުގައި ތިޔާގި ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ލެޓިއުސްގެ އަގު އަދިވެސް ތިރިއެއް ނުވެއެވެ.

ރޯދަ ފެށުނު އިރު 120ރ އަށް ކިލޯ ލިބުނު ލެޓިއުސް މިއަދު ހުރީ 100ރ އަށް ކިލޯގެ ރޭޓުންނެވެ. ނަމަވެސް މީގެ ދެދުވަސްކުރިން 80ރ އަށް ލެޓިއުސް ކިލޯއެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ބާޒާރުގައި މިއަދު ކޮޕީފަތް ބޮނޑިއެއް 10ރ އަށް ލިބެން ހުރިއިރު ކަންކުން ފަތް ލިބެން ހުރީ 5ރ އަށް ބޮނޑިއެއްގެ ރޭޓުންނެވެ. އަދި ކުއްޅަފިލާފަތް ވެސް 10ރ އަށް ބޮނޑިއެއް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 25ރ ކިލޯ
2. ލެޓިޔުސް 100ރ ކިލޯ
3. ބޭރު ތޮޅިމިރުސް 80ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 480ރ ، 600ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 06ރ އާއި 12ރ އާ ދެމެދު
9. ގަބުޅި 10ރ ، 30ރ
10. ކުރުނބާ 10ރ އަދި 30ރ
11. ފޭރު 80ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ކެބެޖް 45ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް ، 150ރ ކިލޯ
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 3ރ، 6ރ
23. ފާގަ 50ރ ކިލޯ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 30ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 50ރ
7. ރަތް މަސް 300ރ - 350ރ