ރޯދަމަސް

ރޯދަމަހުގެ އެގާރަވަނަ ދުވަސް: ކަނޑުމަހުގެ އަގު ތިރިވެ އެއް އަގެއްގައި ހިފެހެއްޓިފައި

މުހައްމަދު އައުޒަމް

ރޯދަމަހުގެ އެގާރަ ވަނަ ދުވަހާ ކުރިމަތިލި އިރު ބާޒާރުގެ އަގުތައް މިވަނީ ތިރިވެ މަޑުޖެހިފައެވެ.

މަސްމާރުކޭޓުގައި މަހުގެ ބާވަތްތައް ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ. ރޯދަމަސް ފެށުނު އިރާ އަޅައިބަލާއިރު މަހުގެ އަގުތައް މިވަނީ ތިރިވެ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިއަދު ބާޒާރުގައި ގޮދާ ކިލޯއެއް 30ރ އަށް ލިބެން ހުރިއިރު ބޮޑު އަދި ކުދި ކަންނެލި 35ރ އަށް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. މިއަދު މާރުކޭޓުގައި ދޮންނޫމަހާއި ރިއްމަސް 20ރ އަށް 4 މަސް ލިބެން ހުރިއިރު މުށިމަސް ލިބެން ހުރީ 20ރ އަށް 5 މަހުގެ ރޭޓުންނެވެ.

ލޯކަލް މާރުކޭޓުގައި މިރުހުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުހުގެ އަގު ބޮޑު ވުމާއެކު ބާޒާރުގައި ބޭރު މިރުސް ގިނަވެއްޖެއެވެ. ލަންކާއާއި ޔޫގެންޑާ މިރުސް އަގުހެޔޮވުމުން ދިވެހި މިރުހަށް ވުރެ ބޭރު މިރުހުގެ ޑިމާންޑު މަތިވެގެން ދިޔައެވެ. މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ލިބެން ހުރީ އެންމެ ދެ ގޮޅިންނެވެ. ކަނޑޫދޫ މިރުސް 700ރ އާއި 800ރ އަށް ކިލޯ ލިބެން ހުރިއިރު ޔޫގެންޑާ މިރުސް 100ރ އާއި 200ރ އާއި ދެމެދުގެ އަގެއްގައި ލިބެން ހުއްޓެވެ.

ބާޒާރުގައި މިއަދު ފަތުގެ ބާވަތްތައް ވެސް ތިޔާގި ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް އަދިވެސް ލެޓިއުސްގެ އަގު ބޮޑުކަން ފާހަގަ ކޮށްލެވެއެވެ. ލެޓިއުސް ކިލޯއެއް ލިބެން ހުރީ 80ރ އަށެވެ. ކޮޕީފަތް 15ރ އަށް ބޮނޑިއެއް ލިބެން ހުރިއިރު ކުއްޅަފިލާފަތް 10ރ އަށް ލިބެންއެބަހުއްޓެވެ. ކަންކުން ފަތް 5ރ އަށް ލިބެންހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 12:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 25ރ ކިލޯ
2. ލެޓިޔުސް 80ރ ކިލޯ
3. ދިވެހި ތޮޅި 25ރ. 100 ގްރާމް
4. ދިވެހި ގިތެޔޮ މިރުސް 700ރ ، 800ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 20ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 10ރ އާއި 15ރއާ ދެމެދު
9. ގަބުޅި 10ރ ، 30ރ
10. ކުރުނބާ 25ރ އަދި 30ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 40ރ ކިލޯ
14. ކޮޕީ ފަތް 15ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 65ރ ކިލޯ
18. ކެބެޖް 35ރ ކިލޯ
19. ޔޫގެންޑާ މިރުސް 100ރ ، 200ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 5ރ، 7ރ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 35ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 4 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 60ރ ، 100ރ
7. ރިއްމަސް 20ރ އަށް 4 މަސް
8. ރެހި 20ރ ޖޯޑެއް