މާލެ

މާލޭ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމައިފި

އަލީ އިހްސާން

2

މާލޭގެ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިރޭ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމާފައިވާކަން ކައުންސިލް މެމްބަރު ހުސައިން ޝަރީފް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ހުސައިން ޝަރީފް ވިދާޅުވީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުން މާލޭގެ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ނިންމި ނިންމުން ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ހަމަސް ފަހުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތައް ކަމަށްވާ ހެލްތު މިނިސްޓްރީ އާއި ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު އުސޫލުތަކެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނަކުން މަނާކޮށްފައިވާ އިރު، އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ މިހާރުވެސް ޖޫރިމަނާކުރެއެވެ.

ޢަޅެ

ނުކުރާނެ ޖޫރުމާނާ

މޮހޮނު

ތީވަރަށް ރަނގަޅުކަމެއް މާލަސްވެސްވެއްޖެ ތިކަންކުރަން ޕޭވްމަންޓްމަތީ ޕޫސްޕޫސް ލާފައި މީހުންގެ މޫނަށް ދުންންބުރުވުމުން ލިބޭގެއްލުން ވަރަށް ނުރައްކާ