ޓީޓީއެމް އެވޯޑްސް

ޓީޓީއެމް 2019ގެ އެއާލައިން ފާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސް އެއާލައިން ފެއާރ (ޓީޓީއެމް 2019)ގެ ޕާޓްނަރަކަށް މޯލްޑިވިއަން ހަޖަމައްސައިފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ. އަދި ޓީޓީއެމް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ހުސައިން ސަނީ އުމަރުއެވެ.

މޯލްޑިވްސް ގެޓަވޭސްއިން އިން ބުނީ މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓީޓީއެމް ފެއާ ބާއްވަމުން އަންނަ އިރު، މިއަހަރުވެސް ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން މައުލޫމާތުދެއެވެ.