ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ދީބާޖާ މައްސަލައިގައި ސީއެންއެމުން ޝާއިއުކުރި ލިޔުމެއްގެ މައްސަލަ ޑީޖޭއޭއިން ޕޮލިހަށާއި ޕީޖީއަށް ހުށަހަޅައިފި

5

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 17 ވަނަ ދުވަހު، ދީބާޖާ މައްސަލައިގައި ކުރި ހުކުމަކީ، ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް 12 މެއި 2019ގައި ސީއެންއެމް. އެމްވީ ނޫހުގެ ވެބްސައިޓުގައި، "ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު!" މި މައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމުގެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުލުހުންނަށާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ޑީޖޭއޭ އިން ދާދި ދެންމެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސީއެންއެންގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއްނެތް ދޮގުވެރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގު ވައްޓާލައި، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓުގެ ހުރުމަތް ކަނޑައިލައި، އަދުލު އިންސާފު ގާއިމުކުރުމާއި، ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުންކުރާ މަސައްކަތަށް ހުރަސްއެޅުމަށް ލިޔެފައިވާ ލިޔުމެއްކަމުގައެވެ.

އެހެންކަމުން އެކަމާގުޅިގެން ކުރަންޖެހޭ ތަހުގީގުތައްކޮށް އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލަށް އެ ޑިޕާޓުމަންޓުގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރަކުވިޔަސް، އަދި ދައުލަތުގެ އެހެން މަގާމެއްގައި ހުރި މީހަކު ވިޔަސް، އެމީހަކު ހަވާލެވަފައިވާ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތަކާއި، ވާޖިބުތަކާއި ހިލާފުވެ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ހިންގައިފިނަމަ އެކަމާމެދު ޝަކުވާ ހުށައަޅަންވީ އިދާރާތައް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ވަނީ އުފައްދައިފައި ކަމަށެވެ.

އެފަދަ މައްސަލައެއް ދެފުށް ފެންނަގޮތަށް ދައުލަތާއި ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރި ކުރެވޭ ގޮތަށް ބަލައި ފިޔަވަޅު އެޅުމުގެ އިޖުރާއަތުތައް އެކަށައެޅިފައިވާ ކަމަށާއި ދައުލަތުގެ އެއްވެސް މުވައްޒަފަކާއި ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭނަމަ އެތަންތަނަށް މައްސަލަ ހުށައެޅުމުގެ ހައްގު ކޮންމެ މީހަކަށްވެސް ގާނޫނުގެ ދަށުން ލިބިފައިވާ ކަމުގައެވެ. އެހައްގު ބޭނުން ކުރުމުގެ ބަދަލުގައި ފަނޑިޔާރުންނާ ބެހޭގޮތުން އެފަދަ ވާހަކަތައް ދެއްކުމާއި، އެދަފަ ވާހަކަތައް ޕްރޮމޯޓުކުރުމަކީ، ގާނޫނީ ކުށަކަށް ވުމުގެ އިތުރުން އިންތިހާ ދަރަޖައިގެ ޒިންމާދާރުކަންކުޑަ އަދި އަހްލާގީގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މަގްސަދަކީ، ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުބައި މަގްސަދުތައް ހާސިލުކުރުމާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންނަށް ބިރުދެއްކުމާއި، އަދުލުއިންސާފު ގާއިމުކޮށް ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުންކަމަށެވެ.

މީސްތަކުންގެ އަބުރަކީ އިސްލާމީ ޝަރީއަތާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ އާލަމީ މަބްދައުތަކާއި ގާނޫނުތަކުން ކަށަވަރުކޮށްދެވި ރައްކާތެރި ކުރެވިފައިވާ އަސާސީ ހައްގެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި މީސްތަކުންގެ ލެޔާއި މުދަލާއި އަބުރަކީ ހުރުމަތްތެރި ވެގެންވާ ކަންތައްތަކަމާއި، އަބުރުގެ ހައްގުވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ރައްކާތެރިކޮށްދީފަކަމުގައެވެ.

ގާނޫނު އަސާސީ އާއި ގާނޫނުތަކުން ހިޔާލުފާޅުކުރުމާއި، މައުލޫމާތު ފެތުރުމާއި، ނޫސްވެރިކަން ކުރުމަށް ލިބިދީފައިވާ އޮންނަ މުހިއްމު މިނިވަންކަަމަކީ އެއްވެސް މީހެއްގެ އަބުރަށް ހިތުހުރި ގޮތަކަށް އަަރައިގަނެ ދޮގުވެރި އަދި ހަގީގާތާ ހިލާފު ވާހަކަތަކުގެ ޒަރީއާއިން އެއްވެސް މީހެއްގެ އަބުރާއި ޝަރަފު ނަގައިލުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް ވެސް އެ ބޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ އަމަލު ތަކަކީ ނޫސްވެރިކަމުގެ ނަމުގައި މުޖުތަމައުގައި ފިތުނަފަސާދަ އުފައްދައި ފަނޑިޔާރުންގެ އަބުރާއި ޝަހްސިއްޔަތު ކަތިލައި ފަނޑިޔާރުންނާއި ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވައިލުމަށް ހިންގާ ނާތަހުޒީބު އަމަލުތަކެއްކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އިއްބެ

ފަޑިޔާރުންވެސް މީސްތަކުންނާމެދު.އަމަލު.ކުރަންވާނީ ވެސް ގާނޫން.އަސާސީގެ.33 ވަނަ.މާއްދާއާ އެއްގޮތަށެވެ. އެ މާއްދާއާ ޚިލާފަށް މީހުންގެ އަބުރާ ނަފުސުތައް ރައްކާތެރި ނުކުރެވުމުގެ ނަތީޖާއަކީ ކޯޓުތަކުގެ ހުރުމަތް ފަޑިޔާރުންގެ އަތުން ކަޑާލުމެވެ.ކަނޑު ހުކުމް ޢާންމުވުމެވެ.އަދުލުވެރިކަމަކީ ކިހާމުހިއްމު އެއްޗެއްކަން އެނގިތިބެ ޣައްދާރުވުމަކީ ހިތާމަހުރިކަމެކެވެ.

ހަނީފް

ސީއެންްއެމްނޫހަށް ބުނަން ބޭނުންވަނީ ނޫސްވެރިކަމަކީ އަމާނާތެކޭ. ތެދުވެރިކަމާއެކު ޖެހިލުންވުމެއް ނެތި ކުރިޔަށް ވަޑައިގަންނަވާށޭ

ނޫސް

ރާއްޖޭގެ ނޫސްތަކަށް ބިރުވެރި ޒަމާނެއް އަނެއްކާވެސްފެށެނީ؟

އަލީމް

އަލްހާނާ މިކަމާ ގުޅުމެއް އޮވެއޭ ކިޔާތަ؟

ސުލް

މީ ދީބާޖާމީ މާމަތީބައެއްނު. މިރާއްޖޭގަކަމެއް ހައްލެއް ނުވާނެ. ސިސްޓަމްވެސް ކޮރަޕްޓް