ޕޮލިސް

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި

އަލީ އިހްސާން

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެ މީހުން ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފިއެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް ފުލުހުން މިއަދުވަނީ ޓްވިޓާގައި ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ނަންބަރު 3322111 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 9631696 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެދޭކަމުގައެވެ.