އެމްއެމްއޭ

ރާޖޭން ބޭރަަށް ދަތުރުކުރި ދިވެހިންނަށް ހުސްވި އަހަރު 44 މިލިޔަން ޑޮަލަރު އެމްއެމްއޭއިން ވިއްކި

އިބްރާހިމް ޒަކީ

އެކި ބޭނުންތަކަށް ރާއްޖޭން ބޭރަަށް ދަތުރުކުރި ދިވެހިންނަށް، ހުސްވި 2018 ވަނަ އަހަރު ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 44 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބުނެފިއެވެ.

އެމްއެމްއޭއިިން ބުނީ، ހުސްވި 2018 ވަނަ އަހަރު 550.7 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން އަށް ޕަސެންޓް ޑޮލަރު ވިއްކާފައިވަނީ، ރާޖޭން ބޭރަަށް ދަތުރުކުރި ދިވެހިންނަށެވެ.

އެމްއެމްއޭއިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ހުސްވި އަހަރު އެމްއެމްއޭއިން އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ސްޓޭޓް އޯންޑް އެންޓަރ ޕްރައިސަސްތަކަށް ކަމަށެވެ. އެ ތަންތަނަށް 319 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، އެއީ މުޅި އަދަދުގެ 58 ޕަސެންޓެވެ.

މީގެ އިތުރުން ކޮމާޝަލް ބޭންކް ތަކަށް 187 މިލިޔަން ޑޮލަރު އެމްއެމްއޭއިން ވިއްކާފައިވެއެވެ. އެއީ މުޅި އަދަދުގެ 34 ޕަސެންޓެވެ.

އެމްއެމްއޭއިން ބުނީ 2018 ވަނަ އަހަރު ޑޮލަރު ވިއްކި އަދަދު 2017 ވަނަ އަހަރަށްވުރެ 19 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ. އެއީ 104 މިލިޔަން ޑޮލަރެވެ.