ރޯދަމަސް

ރޯދަމަހުގެ ދިހަވަނަ ދުވަސް: ކަރާ ކިލޯއެއް 18ރ އަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނުއިރު ބާޒާރުމަތީގެ ގިނަ މުދާތަކެއްގެ އަގު މިވަނީ ތިރިވެފައެވެ.

ކަރާ ތިޔާގިވެ ބާޒާރުމަތީގައި ބޯކޮށް ކަރާ ލިބެން ހުރިއިރު ލާމު އިސްދޫ ކަރާ 18ރ އަށް ކިލޯ ލިބެން އެބަހުއްޓެވެ. ތޮއްޑޫ ކަރާ 20ރ، 22ރ އަށް ކިލޯ ލިބޭއިރު އިންޑިއާ ކަރާވެސް ލޯކަލް މާރުކޭޓުގައި ހުރިކަން ފާހަގަ ކޮށްލެވެއެވެ. އިންޑިއާ ކަރާ ވެސް ކިލޯއެއް 18ރ އަށް ލިބެއެވެ.

މިރުހުގެ އަގަށް ބަލާއިރު ކަނޑޫދޫ މިރުހުގެ އަގު 10 ދުވަސްތެރޭ %60 ތިރިވެ މިހާރު 500ރ އަށް ކިލޯއެއް ލިބެއެވެ. ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމާއެކު ދިވެހިން މިސްރާބުޖެހި ޔޫގެންޑާ މިރުސް 100ރ އަށް ކިލޯ ލިބެއެވެ. ދިވެހި ތޮޅި މިރުސް ވެސް ރޯދަމަސް ފެށުނުއިރު 500ރ. އަށް ކިލޯ ލިބުނު އިރު މިއަދު 400ރ. އަށް ކިލޯއެއް ލިބެން އެބަހުއްޓެވެ.

ބާޒާރުގައި މުދާ ވިއްކާ ގިނަފަރާތްތަކުން ލަފާކުރާގޮތުން ރޯދަމަހުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ތަކެތީގެ އަގު އަދިވެސް ތިރިވާނެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:


1. ކަރާ 18ރ، 22ރ ކިލޯ
2. ލެޓިޔުސް 75ރ ކިލޯ
3. ދިވެހި ތޮޅި 40ރ. 100 ގްރާމް
4. ދިވެހި ގިތެޔޮ މިރުސް 500ރ ، 600ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 20ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 8ރ އާއި 10ރއާ ދެމެދު
9. ގަބުޅި 20ރ ، 30ރ
10. ކުރުނބާ 25ރ އަދި 30ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ކެބެޖް 45ރ ކިލޯ
19. ޔޫގެންޑާ މިރުސް 100ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 80ރ ކިލޯ
22. ދޮންކެޔޮ 2ރ، 7ރ

މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 3 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 40ރ ، 60ރ
7. ރިއްމަސް 20ރ އަށް 5 މަސް
8. ރެހި 20ރ ޖޯޑެއް
9. ހަނދި 100ރ