ރޯދަމަސް

ރޯދަމަހުގެ ނުވަވަނަ ދުވަސް: ބާޒާރުގެ އަގުތައް އެއްވަރެއްގައި

މުހައްމަދު އައުޒަމް

ރޯދަމަހުން ނުވަދުވަސް ފާއިތުވިއިރު ބާޒާރުގެ އަގުތައް މިވަނީ ތިރިވެ ހެޔޮވާން ފަށާފައެވެ.

މިދިޔަ ދެތިން ދުވަހަށް ބަލާ އިރު މުހިންމު ބާވަތްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ނާދެއެވެ.

1400ރ އަށް ކިލޯ އެއްގެ ރޭޓުގައި ރޯދަމަސް ފެށުނުއިރު ހުރި ކަނޑޫދޫ މިރުސް މިއަދު މިވަނީ އަގު ދަށްވެ 550ރ އަށް ކިލޯ ލިބެން ފަށާފައެވެ. މިއަދު މާރުކޭޓުގައި ކަނޑޫދޫ މިރުސް ގިނައިން ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރުން ޔޫގެންޑާ މިރުސްވެސް ތިޔާގި ކަން ފާހަގަ ކޮށްލެވެއެވެ. ޔޫގެންޑާ މިރުސް 100ރ އާއި 150ރ ދެމެދުގެ އަގެއްގައި ކިލޯ ލިބެންހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 22ރ ކިލޯ
2. ލެޓިޔުސް 90ރ ކިލޯ
3. ތޮޅި މިރުސް 60ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 550ރ ، 600ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 20ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 8ރ އާއި 10ރއާ ދެމެދު
9. ގަބުޅި 20ރ
10. ކުރުނބާ 25ރ އަދި 30ރ
11. ފޭރު 70ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 10ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ކެބެޖް 45ރ ކިލޯ
19. ޔޫގެންޑާ މިރުސް 100ރ، 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 100ރ ބައެއް
22. ދޮންކެޔޮ 5ރ، 8ރ

މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 45ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 3 މަސް
6. މާނިޔާމަހެއް 100ރ
7. ރިއްމަސް 20ރ އަށް 5 މަސް
8. ރެހި 20ރ ޖޯޑެއް