ކުޅިވަރު

އޭޝިއަން ހޯޕްސް ޓޯނަމަންޓްގެ ފައިނަލަށް ދީމާ ދަތުރުކޮށްފި

މަރިޔަމް ޝަހުދާ

މިމަހު ހަޔަކުން 13 އަށް ތައިލޭންޑްގެ ބެންނޮކުގައި ކުރިއަށްދާ އޭޝިއާ ހޯޕްސް ޓޯނަމަންޓްގެ ފައިނަލަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދަތުރުކޮށްފި އެވެ.

ދީމާ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗެއް ކާމިޔާބުކޮށްގެނެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ދީމާ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުން ލެބަނަން އަތުން އަދި ތިން ވަނަ މެޗުން ތައިލެންޑް އަތުން ދީމާ ކާމިޔާބު ހޯދާފައިވަނީ ސީދާ ތިން ސެޓުންނެވެ. އަދި ފަހު މެޗުން ކަޒަކިސްތާން އަތުން ދީމާ ކާމިޔާބު ހޯދާފައިވަނީ 3-1 ސެޓުންނެވެ.

ސެމީ ފައިނަލުގައި ދީމާ ކުޅެފައިވަނީ އީރާނާއި ދެކޮޅަށެވެ. އީރާނާއި ބައްދަލުކޮށް ދީމާ ކާމިޔާބު ހޯދާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި ދީމާ ވާދަކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ އާއެވެ. މި މެޗު މިއަދު މެންދުރު ކުރިއަށްދިއުމަށް ވަނީ ހަމަޖެހިފައެވެ.

11 އަހަރުގެ ދީމާއަކީ އޭޝިއަން ރީޖަނަލް ހޯޕްސް ޗެލެންޖް އިން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.