ރޯދަމަސް

ރޯދަމަހުގެ އަށްވަނަ ދުވަސް: ބާޒާރުގައި ކަރާ ތިޔާގިވެ ކިލޯއެއް 20ރ އަށް

މުހައްމަދު އައުޒަމް

ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމެން ކައިރިވެފައިވާއިރު ރޯދަމަސް ފެށިއިރު އަގުބޮޑު ގިނަ ބާވަތްތަކުގެ އަގު މިވަނީ ހެޔޮވެ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ރޯދަމަހު ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ، ކަރާގެ އަގު މިވަނީ ބޮޑުތަނުން ތިރިވެ ބާޒާރުގައި ތިޔާގި ވެފައެވެ. ރޯދަ ފެއްޓި އިރު 45ރ. އަށް ލިބެން ހުރި ކަރާ މިއަދު މިވަނީ އަގު ހެޔޮވެ 20ރ އަށް ކިލޯގެ ރޭޓުން ލިބެން ފަށައިފައެވެ. މާލޭގެ ލޯކަލް މާރުކޭޓުގެ ކޮންމެ ގޮޅިއެއްގައި ކަހަލަ ގޮތަށް ކަރާ ވިއްކައެވެ. އަދި މާލެ ގެނެސް ނުބާލައި އޮޑިދޯނިފަހަރުގައި ވެސް ގިނަ އަދަދެއްގެ ކަރާ ހުރިކަމަށް މައުލޫމާތު ލިބެ އެވެ.

ބާޒާރުގައި އަގުބޮޑުވެ އެންމެ މައްސަލަބޮޑުވެގެންދިޔަ ކަނޑޫދޫ މިރުސް މިހާރު ބާޒާރުގައި ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. ކަނޑޫދޫ މިރުސް މަދުވެ ވިއްކަން ހުރީވެސް އެންމެ ގޮޅިއެއްގައެވެ. ނަމަވެސް އަގަށް ބަދަލެއް ނާދެއެވެ. މިހާރުވެސް ލިބެން ހުރީ 700ރ އާއި 800ރ އާއި ދެމެދުގެ އަގެއްގައެވެ. ބާޒާރުގައި މިރުސް ވިއްކާ މީހުން ބުނަނީ ކަނޑޫދޫ މިރުސް މިއަދު ފަހަރެއްގައި ލިބިދާނެ ކަމަށެވެ. ނަމަވެސް އަގަށް ބަދަލެއް އައިސްދާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ބާޒާރުގައި މިހާރު ގިނައިން ލިބެން ހުރީ ޔޫގެންޑާމިރުހެވެ. އަދި ލަންކާ ގިތެޔޮ މިރުސް އެއްކޮށް ހުސްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 10:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 20ރ ކިލޯ
2. ލެޓިޔުސް 70ރ ކިލޯ
3. ތޮޅި މިރުސް 100ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 700ރ ، 800ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 40ރ ކިލޯ
8. ކާއްޓެއް 5ރ އާއި 15ރއާ ދެމެދު
9. ގަބުޅި 20ރ، 25ރ
10. ކުރުނބާ 15ރ އަދި 20ރ
11. ފޭރު 70ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 40ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 10ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 40ރ ކިލޯ
18. ކެބެޖް 40ރ ކިލޯ
19. ޔޫގެންޑާ މިރުސް 100ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 100ރ ބައެއް
22. ދޮންކެޔޮ 2ރ، 5ރ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 4 މަސް
5. މުށިމަސް 20ރ އަށް 4 މަސް
6. މާނިޔާމަހެއް 60ރ، 150ރ
7. ރިއްމަސް 20ރ އަށް 4 މަސް
8. ގިއުޅު 100ރ