ރޯދަމަސް

ރޯދަމަހުގެ ހަތްވަނަ ދުވަސް: ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި

މުހައްމަދު އައުޒަމް

ރޯދަމަހުގެ ހަތްވަނަ ދުވަހާ ކުރިމަތިލިއިރު ބާޒާރުގެ އަގުތައް މިވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހާ މިއަދާ އަގުގެ ގޮތުން މާބޮޑު ތަފާތެއް ނެތްކަން ފާހަގަ ކޮށްލެވެއެވެ.

މިއަދުވެސް ކަނޑޫދޫ ގިތެޔޮ މިރުސް ލިބެން ހުރީ 500ރ އާއި 800ރ އާއި ދެމެދު ކިލޯއެއްގެ ރޭޓުގައެވެ. އަދި ޔޫގެންޑާމިރުސް 120ރ ކިލޯ ލިބެން ހުރި އިރު ލަންކާ ގިތެޔޮ މިރުން މިއަދުވެސް ހުރީ 150ރ އަށް ކިލޯ ރޭޓުންނެވެ.

ފަތްޕިލާވެލީގެ އަގުތަކަށް ބަލާއިރު ކޮޕީފަތް ބޮނޑިއެއް 15ރ އަށް ހުރިއިރު ކަންކުން ފަތް ލިބެން ހުރީ 5ރ އަށް ބޮނޑިއެކެވެ. ކުއްޅަފިލާފަތް މިއަދުވެސް ހުރީ 10ރ އަށް ބޮނޑިއެއްގެ ރޭޓުންނެވެ.

މަސްމާރުކޭޓުގެ އަގުތަކަށް ބަލާއިރު ވެސް ރޯދަމަސް ފެށިއިރު ހުރި އަގުތަކާ މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ކަނޑުމަސް މިއަދު 30ރ އަށް ކިލޯ ހުރި އިރު ކަންނެލި ލިބެން ހުރީ 35ރ އަށް ކިލޯއެކެވެ. އަދި ބޮޑު ކަންނެލި 45ރ އަށް ކިލޯއެއް ލެބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 10:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 20ރ، 25ރ ކިލޯ
2. ލެޓިޔުސް 80ރ ކިލޯ
3. ތޮޅި މިރުސް 60ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 500ރ ، 800ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 40ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 6ރ އާއި 10ރއާ ދެމެދު
9. ގަބުޅި 10ރ
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 50ރ ކިލޯ
12. ބީންސް 70ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 15ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ލަންކާ ކުޅިމިރުސް 150ރ ކިލޯ
19. ޔޫގެންޑާ މިރުސް 120ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ކެޕްސިކަމް 60ރ ކިލޯ

މަސް:

1. ގޮދާ 30ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 45ރ ކިލޯ
4. ދޮން ނޫމަސް 20ރ އަށް 3 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 50ރ.
7. ރިއްމަސް 20ރ އަށް 4 މަސް