ރޯދަމަސް

ރޯދަމަހުގެ ހަވަނަ ދުވަސް: ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 500 ރުފިޔާއަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ރޯދަމަހު ހަވަނަ ދުވަހާ ކުރިމަތިލީއިރު ބާޒާރުގެ ތަކެތީގެ އަގު ރޯދަމަސް ފެށިއިރާއަޅައި ބަލާއިރު ހެޔޮވެއްޖެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު 1400 ރުފިޔާއަށް ކިލޯ ވިއްކި ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގުވެސް މިހާރު ވަނީ 500ރ އަށް ތިރިވެފައެވެ. މީގެ ސަބަބެއްކަމުގައި ވިޔަފާރިވެރިން ބުނަނީ މިރުސް ތިޔާގި ވުމެވެ. ނަމަވެސް ބާޒާރުގައި ގިނައީ ބޭރު މިރުހެވެ. ބޭރު މިރުހުގެ ތެރެއިން ޔޫގެންޑާ މިރުސް ކިލޯ އެއް 100ރ އަށް ލިބެން ހުރިއިރު ލަންކާ ކުޅިމިރުސް 150ރ އަށް ކިލޯ ލިބެއެވެ.

ރޯދަމަސް ފެށިއިރު އަގުބޮޑުވި ލެޓިއުސްގެ އަގު މިހާރުވަނީ ދަށްވާން ފަށާފައެވެ. 120ރ އަށް ކިލޯގެ ރޭޓުން ރޯދައަށް މަރުހަބާކީ ލެޓިއުސް 80ރ އަށް ކިލޯ މިއަދު ލިބެއެވެ.

މިއަދު ބާޒާރުގައި ފާހަގަ ކޮށްލެވޭ އަނެއް ބާވަތަކީ ދިވެހި އަނބެވެ. ބަޒާރުގައި އަނބު ތިޔާގިވެ 100 އަށް ބައެއް ލިބެއެވެ. ބައެއްގައި 8 އަނބު 10 އަނބު ހިމެނެއެވެ. ބޭރު އަނބުވެސް ބާޒާރުގައި ގިނަކަމަށް ފާހަގަ ކޮށްލެވެއެވެ. ބޭރު އަނބު ކިލޯއެއް 80ރ އަށް ލިބެއެވެ.

މިއަދު ހެނދުނު 11:00އާ ހަމަޔަށް ބާޒާރުގެ އަގުތައް:

1. ކަރާ 25ރ ކިލޯ
2. ލެޓިޔުސް 80ރ ކިލޯ
3. ތޮޅި މިރުސް 200ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 500ރ ، 600ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާށްޓެއް 8ރ އާއި 15ރއާ ދެމެދު
9. ގަބުޅި 10ރ އާއި 15ރއާ ދެމެދު
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
15. ކޮޕީ ފަތް 10ރ ބޮނޑިއެއް
16. ކަންކުން ފަތް 5ރ ބޮނޑިއެއް
17. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
18. ކެޕްސިކަމް 65ރ ކިލޯ
19. ލަންކާ ކުޅިމިރުސް 150ރ ކިލޯ
20. ޔޫގެންޑާ މިރުސް 100ރ ކިލޯ
21. ދިވެހި އަނބު 100ރ ބައެއް
22. ބޭރު އަނބު 65ރ ކިލޯ


މަސް:
1. ގޮދާ 30ރ ކިލޯ
2. ކުދި ލައްޓި 50ރ އަށް 6 މަސް
3. ކަންނެލި 40ރ ކިލޯ
4. ބޮޑު ކަންނެލި 45ރ ކިލޯ
5. ދޮން ނޫމަސް 20ރ އަށް 5 މަސް
6. މުށިމަސް 20ރ އަށް 5 މަސް
7. މާނިޔާމަހެއް 100ރ.
8. ރިއްމަސް 20ރ އަށް 5 މަސް
9. ރަތްމަސް 150ރ އާއި 250ރ އާ ދެމެދު
10. ރެހި 25ރ ޖޯޑެއް