ތ. ވިލުފުށީ ގެއަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މިރޭ އިޝާ ނަމާދު ވަގުތު ތ. ވިލުފުށީގެ ގެއަކުން ވައްކަންކޮށްފައިވާ ކަމަށް މިރޭ 8:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ވައްކަމުގައި ގާތްގަނޑަކަށް ތިންލައްކަ އެއްހާ ރުފިޔާ ނަގާފައިވާ ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ވައްކަމުގައި ގޭގެ އެއްވެސް ތަނެއް ހަލާކުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އަލަމާރި ކޮންމެވެސް ވަރަކަށް ހަލާކުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.