ދުނިޔެ

ޕްރިންސް ހެރީއާއި މޭގަންގެ ދަރިކަލުންގެ ނަމަކީ އާޗީ

ޕްރިންސް ހެރީ އަދި އަނބިކަނބަލުން މޭގަން މާކަލް އަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅު މީޑިއާއަށް ދައްކާލައި ނަން އިއުލާން ކޮށްފިއެވެ. އެދެމަފިރިންގެ ދަރިފުޅުގެ ނަމަކީ އާޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯ އެވެ.

މީޑިއާއަށް ދަރިކަލުން ދައްކައިލަމުން މޭގަން ވިދާޅުވީ "އެއީ މެޖިކް"އެއް ކަަމަށެވެ. އަދި އޭނާއާ އެކު ދުނިޔޭގެ އެންމެ ބެސްޓް ދެ ފިރިހެނުން ތިބުމުން އެކަމާ ވަރަށް އުފާވާކަމަށް މޭގަން ވިދާޅުވިއެވެ.

ބޭބީ އާޗީ ވިހޭއިރު ބަރުދަނުގައި 3.2 ކިލޯ ހުރި އިރު އޭނާ ވިހާފައި ވަނީ މެއި ހަވަނަ ދުވަހުގެ ފަތިހު 5:26 ގައެވެ.

މީޑިއާއަށް ބޭބީ ދެއްކުމަށްފަހު ނަންދީފައިވަނީ ބުދަ ދުވަހުއެވެ. ނަން އިއުލާން ކޮށްފައިވަނީ ޕްރިންސް ހެރީ އަދި މޭގަންގެ އިންސްޓަގްރާމްގައެވެ. މިއީ ޝާހީ އާއިލާގައި "މިކްސް ރޭސް" ކުއްޖެއް ލިބުނު ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު ބޭބީ އާޗީ ވަނީ ރާނީ އެލިޒަބްތް އަދި އާއިލާގެ އިސް އެހެން ބޭފުޅުންނަށްވެސް ދައްކާލައިފައެވެ.