ރޯދަމަސް

ރޯދަމަހުގެ ހަތަރުވަނަ ދުވަސް: ކަނޑޫދޫ މިރުހުގެ އަގު ހިފެހެއްޓިފައި، އެހެން ތަކެތި އަގުހެޔޮވެއްޖެ

މުހައްމަދު އައުޒަމް

ރޯދަމަހުގެ ހަތަރުވަނަ ދުވަހާ ކުރިމަތިލާއިރު ކަނޑޫދޫ މިރުސް ފިޔަވައި ހުރިހާ އެއްޗެއް މިއަދު މިވަނީ އަގުހެޔޮ ވެފައެވެ.

ރޯދަ މަސް ފެށިއިރު 45ރ، 50ރ އަށް ކިލޯ ލިބުނު ކަރާގެ އަގު ދަށްވެ މިއަދު ހުރީ 20ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. އެހެން ބާވަތްތަކަށް ބަލާއިރު ކުރިން 180ރ އަށް ލިބުނު ލެޓިއުސް މިއަދު ހުރީ 120ރ އަށް ކިލޯއަށެވެ.

މިއަހަރު އެންމެ އަޑުގަދަވެގެންދިޔަ ކަނޑޫދޫ މިރުހުގެ އަގުބޮޑު ވާހަކަ އަދިވެސް އިވެމުން ދެއެވެ. ނަމަވެސް ރޯދަ ފެށުނު އިރު 1400ރ އަށް ކިލޯ ލިބުނު ކަނޑޫދޫ ގިތެޔޮމިރުސް މިއަދު ހުރީ 700ރ އާއި 800ރ އާ ދެމެދުއެވެ. ކަނޑޫދޫ ގިތެޔޮމިރުސް އަގުބޮޑު ވުމާއެކު ދިވެހިން މިސްރާބުޖެހީ ބޭރު މިރުސްތަކާއި ދިމާއަށެވެ. މިއަދު ބާޒާރުގައި ލަންކާ ގިތެޔޮމިރުސް ހުރީ 150ރ އަށް ކިލޯއެވެ. ޔޫގެންޑާ މިރުސް ވެސް 150ރ އަށް ލިބެއެވެ.

މިއަދު ހެނދުނު 11:00 ހާއިރު ބާޒާރުގެ އަގުތައް:

1. ކަރާ 20ރ، 25ރ ކިލޯ
2. ލެޓިޔުސް 120ރ ކިލޯ
3. ތޮޅި މިރުސް 150ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 700ރ ، 800ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 35ރ ކިލޯ
7. ލުނބޯ 30ރ ކިލޯ
8. ކާށްޓެއް 5ރ އާއި 15ރއާ ދެމެދު
9. ގަބުޅި 20ރ އާއި 400ރއާ ދެމެދު
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ފޭރު 70ރ ކިލޯ
15. ކޮޕީ ފަތް 10ރ ބޮނޑިއެއް
16. ކަންކުން ފަތް 10ރ ބޮނޑިއެއް
17. ކުއްޅަފިލާ ފަތް 12ރ ބޮނޑިއެއް
18. ކެޕްސިކަމް 65ރ ކިލޯ
19. ލަންކާ ކުޅިމިރުސް 150ރ ކިލޯ
20. ޔޫގެންޑާ މިރުސް 15ރ ކިލޯ
21. ދިވެހި އަނބު 100ރ ބައެއް
22. ބޭރު އަނބު 70ރ ކިލޯ
23. ޖަނބުރޯލު 100ރ ބައެއް

މަސް:
1. ގޮދާ 35ރ ކިލޯ
2. ކުދި ލައްޓި 10ރ
3. ކަންނެލި 35ރ ކިލޯ
4. ބޮޑު ކަންނެލި 45ރ ކިލޯ
5. ދޮން ނޫމަސް 20ރ އަށް 4 މަސް
6. މުށިމަސް 20ރ އަށް 4 މަސް
7. މާނިޔާމަހެއް 100ރ.
8. ރިއްމަސް 20ރ އަށް 4 މަސް
9. ރަތްމަސް 150ރ އާއި 300ރ އާ ދެމެދު