ކެތޭ ޕެސިފިކް

ކެތޭ ޕެސިފިކް އަށް ފަސް އަހަރު ފުރުން ފާހަގަ ކޮށްފި

ކެތޭ ޕެސިފިކް އެއަރލައިނުން ރާއްޖޭގައި ޚިދުމަތް ދޭތާ ފަސް އަހަރު ފުރުން ފާހަގަ ކޮށްފިއެވެ. މި އެއަރލައިނުން ރާއްޖޭގައި ޚިދުމަތް ދޭން ފެށީ 27 އޮކްޓޯބަރު 2013 ގައެވެ. ހޮންގްކޮންގް އިން މާލެ އަދި މާލެ ހޮންގްކޮންގް އަށް ހަފްތާއަކު ހަތަރު ފްލައިޓް އޭރު އޮޕަރޭޓް ކުރިއެވެ.

ކެތޭ ޕެސިފިކް ގެ ސައުތު އޭޝިއާ، މެދު އިރުމަތީ އަދި އެފްރިކާގެ ރީޖަނަލް ޖެނެރަލް މެނޭޖަރު މާކް ސުޗް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ކެތޭ ޕެސިފިކް އިން ޗައިނާ އަަށާއި، ޖަޕާން އަދި އޮސްޓްރޭލިޔާ ކަނެކްޝަންސްތައްވެސް ރާއްޖެއަށް ކުރާކަމަށެވެ. ރާއްޖެ އަކީ މަގްބޫލު ޓުއަރިސްޓް ޑެސްޓިނޭޝަނެއް ކަމުން މި ގައުމުތަކުން އިންބައުންޑް ޓުއަރިސްޓުން ވެސް ރާއްޖެއަށް އައުން ވަނީ ގިނަ ވެފަ އެވެ. އަދި ފަސް އަހަރު ފުރުން ފާހަގަ ކުރާއިރު މި ކާމިޔާބީގައި އެއަރލައިންގެ ގްރައުންޑް ހޭންޑްލިން ޕާރޓްނަރުންނާއި. އެޖެންސީތަކުން ދޭ އެހީ އާއި ސަޕޯޓް އޭނާ ފާހަގަ ކުރިއެވެ.

ކެތޭ ޕެސިފިކް އިން ރާއްޖެއަށް އޮޕަރޭޓް ކުރަނީ އެއަރބަސް A330-300 ގެ އެއަރކްރާފްޓެކެވެ.