ރޯދަމަސް

ރޯދަމަހުގެ ފުރަތަމަ ދުވަސް: ކަރާ ކިލޯއެއް 50ރ އަށް، ލެޓިއުސް 200އަށް

މުހައްމަދު އައުޒަމް

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހާއި ކުރިމަތިލިއިރު ބާޒާރުގެ އަގުތައް ހުރީ އަތް ފޯރާ ފަށުގައެކޭ ނުބުނެވޭނެ އެވެ. ދިވެހިންނަށް ރޯދަމަހުގެ އެންމެ ގާތް އެކުވެރިޔާ ' ކަރާ ' ގެ އަގު ހުރީ އަތް ނުފޯރާ ފަށުގައެވެ.

ކަރާގެ އަގު ކިލޯއެއް 50ރ އަށް ހުރިއިރު އިއްޔެ ކަރާ ކިލޯއެއް ލިބުނީ 45ރ އަށެވެ. މިހާ އަގުބޮޑުވެފައި މިވަނީ ކަރާ މަދުވެގެނެއް ނޫނެވެ. ބާޒާރުގައި ބޯކޮށް ކަރާ ހުރި ކަމަށް ވިޔަސް އަގު ހަމަ ބޮޑީއެވެ. އާންމުކޮށް ދިވެހިން ބޭނުންކުރާ އެހެން ބާވަތްތަކަށް ބަލާއިރު އިއްޔެ 150ރ އަށް ކިލޯއެއް ލިބުނު ލެޓިއުސް މިއަދު ލިބެނީ 200ރ އަށެވެ.

އަގުބޮޑު ލިސްޓުގެ އެއްވަނައިގައިވާ މިރުހުގެ އަގަށް ބަދަލެއް ނާދެއެވެ. ދިވެހި ގިތެޔޮ މިރުސް ކިލޯއެއް މިއަދުވެސް ހުރީ 1000ރ އަށެވެ. އިންޑިއާ ގިތެޔޮމިރުސް ލިބެންހުރީ 450ރ ކިލޯއެކެވެ.

މިއަދު ހެނދުނު 11:00 އެހާ އިރު ބާޒާރުގެ އަގުތައް:

1. ކުރުނބާ 1.5ލ ފުޅިއެއް 130ރ
2. ކުރުނބާ 20ރ، 25ރ، 30ރ
3. ލުނބޯ 35ރ ކިލޯ
4. ކިއުކަމްބާ 35ރ ކިލޯ
5. ބަނބުކެޔޮ 60ރ ކޭލެއް
6. ރަންބުސްތާން 150ރ ކިލޯ
7. ފޭރު 70ރ ކިލޯ
8. ޓޮމާޓޯ 50ރ ކިލޯ
9. އަންނާރު 70ރ ކިލޯ
10. ކުއްޅަފިލާ ފަތް 20ރ ބޮނޑިއެއް
11. ކެބެޖް 60ރ ކިލޯ
12. ކޮޕީފަތް 15ރ ބޮނޑިއެއް
13. ބީންސް 70ރ ކިލޯ
14. ކެރެޓު 25ރ ކިލޯ
15. ކަންކުން ފަތް 15ރ ބޮނޑިއެއް
16. މިރުސް 950ރ، 1000ރ ކިލޯ
17. ކަރާ 45ރ، 50ރ ކިލޯ
18. ރޯކަދުރު 500ރ ކިލޯ
19. ތޮޅިމިރުސް 100ރ ކިލޯ
20. ލެޓިއުސް 200ރ ކިލޯ
21. ކާށި 10ރ، 7ރ
22. އަނބު 100ރ ބައެއް
23. ޖަނބުރޯލު 100ރ ބައެއް


މަސް:
24. ކަންނެލި 50ރ ކިލޯ
25. ލުނބޯ 35ރ ކިލޯ
26. ރަތްމަސް ބޮޑު 350ރ
27. ފާން 70ރ ، 100ރ
28. މާނިޔާ މަސް 50ރ، 70ރ
29. ދޮން ނޫމަސް 20ރ 4 މަސް
30. މުށިމަސް 20ރ 3 މަސް
31. މުށިމަސް ކުދި 2ރ މަހެއް
32. ރިއްމަސް 20ރ 3 މަސް
33. ބޮޑު ކަންނެލި 50ރ ކިލޯ