މައުމޫން އަބްދުލްޤައްޔޫމް

މައުމޫން ފައުންޑޭޝަނުން މި ރަމަޟާން މަހު ވެސް އިހްޔާ ޕްރޮގްރާމް ކުރިއަށްގެންދާނެ

އިބްރާހިމް ޒަކީ

މައުމޫން ފައުންޑޭޝަނުން މި ރަމަޟާން މަހު ވެސް އިހްޔާ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމައިފިއެވެ.

ރައީސް މައުމޫނު ވެރިކަމުގައި ހުންނެވިއިރު، ފައްޓަވައިގެން ކޮންމެ ރަމަޟާން މަހަކު އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ދީނީ ނަސޭހަތް ދޭ ޕްރޮގްރާމެއްގެ ގޮތުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަވާފައިވަނީ، އެމަނިކުފާނު އުފެއްދެވި މައުމޫނު ފައުންޑޭޝަނުންނެވެ.

މައުމޫނު ފައުންޑޭޝަނުން ބުނީ، އިހްޔާ ޖަލްސާތައް މިފަހަރު ބާއްވަން ހަމަޖައްސާފައި ވަނީ މި މެއި މަހުގެ 14 ވަނަ ދުވަހުގެ ރެ އާއި 21 ވަނަ ދުވަހުގެ ރޭގެ އިތުރުން 28 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތަކުގައި ފައުންޑޭޝަންގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.

އިހުޔާ ޕްރޮގްރާމްތަކުގައި ފަހަކަށް، އައިސް ރައީސް މައުމޫނު އާއްމު ގޮތެއްގައި ތަގުރީރު ކުރައްވާފައިވައިވަނީ އިސްލާމް ދީނާއި ސައިންސާ ގުޅުވައިލުމުގެ އިތުރުން ދީނީ ކަންތައްތައް އޮޅުން ފިލުވައި ދިނުމަށް އަމާޒު ކުރައްވައިގެނެވެ.