ޚަބަރު

ޓެރަރިޒަމާ ގުޅުންހުރިކަމެއް ފެނިއްޖެނަމަ 1615 އަށް ރިޕޯޓް ކުރުމަށް އެންސީޓީސީން އެދެފި

މަރިޔަމް ޝަހުދާ

ޓެރަރިޒަމާ ގުޅުންހުރި ކަމެއް ފެނިއްޖެނަމަ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ހޮޓްލައިން 1615 އަށް ރިޕޯޓް ކުރުމަށް އެ ސެންޓަރ އެދެފި އެވެ.

އެންސީޓީސީ އިން މިއަދު ކުރި ޓުވީޓެއްގައި، އެ ސެންޓަރ އިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. އަދި ޓެރަރިޒަމާ ގުޅޭ ކަމެއްގެ މައުލޫމާތު، ނުވަތަ އާދަޔާ ހިލާފް ކަމެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް 1615 އަށް ގުޅުއްވައިގެން ނުވަތަ މެއިލް އައިޑީ [email protected] އަށް މެއިލް ކޮށްގެން މައުލޫމާތު ހިއްސާކުރެއްވުމަށް އެ ސެންޓަރުން ވަނީ އެދެފައެވެ.

މިގޮތަށް އެންސީޓީސީއާ މައުލޫމާތު ހިއްސާ ކުރައްވާ ފަރާތްތައް ސިއްރުކުރެވޭނެކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.