މިނިސްޓަރު އިމްރާން އަބްދުﷲ

އަނިޔާ އާއި ކޮރަޕްޝަންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން މެއިޑޭގައި ދިވެހިން ވަނީ ދައްކުވައިދީފަ: މިނިސްޓަރު އިމްރާން

އިބްރާހިމް ޒަކީ

އަނިޔާ އާއި ކޮރަޕްޝަންގެ ކުރިމަތީގައި ހިމޭންވެ ކުޑަ ކަކޫ ނުޖަހާނެކަން 2015 ވަނަ އަހަރުގެ މެއިޑޭގައި ދިވެހިން ވަނީ ދައްކުވައިދީފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން މިހެން ވިދާޅުވީ، މިއަހަރުގެ ބައިނަލް އަގުވާމީ މަސްކަތްތެރިންގެ ދުވަސް (މެއި ޑޭ) ފާހަގަ ކުރަމުން އަންނައިރު، 2015 ވަނަ އަހަރުގެ މެއިޑޭ ގައި އޭރުގެ ސަރުކާރާ ދެކޮޅަށް "މެއިޑޭ' މުޒާހަރާގެ ނަމުގައި އޭރުގެ އިދުކޮޅު ފަރާތްތަކާ އަދާލަތު ޕާޓީން ގުޅިވަޑައިގެން ބޭއްވި ބޮޑު މުޒާހަރާގެ ބައެއް ފޮޓޯތައް ޝެއަރ ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މެއިޑޭގައި އެދުވަހު އެންމެން ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް ފެށި މަސައްކަތަށް ބޮޑެތި ކާމިޔާބުތަކެއް ލިބިފައިވީ ނަމަވެސް އެންމެން އެކުގައި ހާސިލް ކުރަންޖެހޭ ގިނަ ކަންކަން އަދި އެބަހުރިކަމަށެވެ.

"ދެހާސް ފަނަރަވަނަ އަހަރުގެ މެއި ޑޭގައި ދިވެހިން ވަނީ އަނިޔާ އާއި ކޮރަޕްޝަންގެ ކުރިމަތީގައިހިމޭންވެ ކުޑަ ކަކޫ ނުޖަހާނެކަން ދައްކުވައިދީފަ. އެދުވަހު އެންމެން ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް ފެށި މަސައްކަތަށް ބޮޑެތި ކާމިޔާބު ލިބިފައިވީނަމަވެސް އެންމެން އެކުގައި ހާސިލް ކުރަންޖެހޭ ގިނަ ކަންކަން އަދި އެބަހުރި،" އިމިްރާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރާ ދެކޮޅަށް، 2015ވަނަ އަހަރު ބޭއްވި މެއިޑޭ ބޮޑު ޒާހަރާގައި ބައިވެރިވަޑައިގެން ދެއްކިވި ވާހަކަތަކެއްގެ ސަބަބުން ޓެރެރިޒަމްގެ ކުށް ސާބިތުވެ އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

އޭގެ ފަހުން އެ މައްސަަލަ އިމްރާންގެ ފަރާތްޕުޅުން ހައިކޯޓުަގއި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްހަދު ސޯލިހު ވެރި ކަމަށް ވަޑައިގެންނެވިތަނުން، އިމްރާންގެ މައްސަލަ މުރާާޖައާ ކުރުމަށްފަހު ހުސްވި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރިއެވެ.

އޭގެ ފަހުން އިމްރާން ގެންދަވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ހޯމް މިނިސްޓަރުކަމުގެ މަގާމު
+ އަދާ ކުރައްވަމުންނެވެ.