ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް މިނިސްޓަރު ޝާހިދު ފޮނުއްވަވައިފި

މަރިޔަމް ޝަހުދާ

މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޮނުއްވަވައިފި އެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ. އަދި މަސައްކަތުގެ އެންމެ ކުޑަ އުޖޫރަ ސަރުކާރުން ކަނޑައަޅާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ކުރިއަރަނީ ރާއްޖޭގެ މަސައްކަތްތެރީންގެ މަސައްކަތުންކަމަށެވެ.