މަސައްކަތްތެރީންގެ ދުވަސް

މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުންވީ ވައުދު ފުއްދުމަށް ގޮވާލައިފި

އިބްރާހިމް ޒަކީ

1

މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުންވީ ވައުދު، ވީ އެންމެ އަވަހަކަށް ފުއްދުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ގޮވާލައްވައިފިއެވެ.

ކުރީގެ މިނިސްޓަރު މުހައްމަދު ސައީދު މިކަމަށް ގޮވައިލެއްވީ، މިއަދު ފާހަކަ ކުރަމުން އަންނަ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވިދާޅުވީ، މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ދިރިއުޅެވޭނެ ފުރިހަމަ އުޖޫރައަކާއި ތަމްރީން ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްވެސް ގޮވާލައްވާކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟