ލަންކާ އެޓޭކް 2019

ލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފި

ސްރީލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފިއެވެ.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. ފާއިތުވެދިޔަ ދެ ދުވަހު ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.

މިއީ ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން އަދިވެސް އެ ގައުމުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ނެރެފައިވާ ކާފިއުއެކެވެ.

އާދިއްތަ ދުވަހު ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެގައުމުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.