ލަންކާގެ ޕުގޯޑާ ކޯޓު ސަރަހައްދުގައި އެއްޗެއް ގޮވައިފި އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެހާ ބޮޑު ގޮވުމެއް ނޫނެވެ. މި ގޮވުން ގޮވާފައި ވަނީ ކުނި އުކާ ސަރަހައްދެއްގަ އެވެ.
މި ހާދިސާއާ ގުޅިގެން ރޭ ވެސް ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް އިއްޔެ އާއި ރޭ ހައްޔަރުކުރި މީހުންގެ އަސްލު އަދަދެއް މިއަދު އަދި އާންމުކޮށްފައެއް ނުވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް ވަނީ އަރައިފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިންގާފައި ވަނީ ލަންކާގެ ތައުހީދު ޖަމާއަތުން ކަމަށް ލަންކާގެ ޑިފެންސުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އައިސިސް ޖމާއަތުން ވަނީ މި ހާދިސާގެ ޒިންމާ އުފުލައިފަ އެވެ. ބޮން ގޮއްވާލި ލަންކާ މީހުން އައިސިސްގެ ދިދަ ކައިރީގައި އެކަމަށް ބައިއަތު ހިފާ ވީޑިއޯއެއްވެސް އައިސިސް އިން ވަނީ އާންމުކޮށްފަ އެވެ.
އާދީއްތަ ދުވަހަށް ފަހު ވެސް ބޮމާއި އަދި ގުޅުން ހުރި ބައެއް ތަކެތި ލަންކާގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ އިރު، އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ވަނީ ބުނެފަ އެވެ.
ފަރީދާ
މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް ވަނީ އަރައިފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. ރިޕީޓްކުރަނީ ލިޔާނެ އެއްޗެނެތިގެންތަ؟