ސްރީލަންކާގައި މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށްވެސް ކާފިއު އިއުލާނުކޮށްފި އެވެ.
މިއީ ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން އަދިވެސް އެ ގައުމުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ނެރެފައިވާ ކާފިއުއެކެވެ.
ލަންކާގައި މިރޭވެސް ކާފިއު ހިންގާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ސަމާލުވުމަށް އަންގައިފައެވެ.
އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި އެގައުމުގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުމެ، ގޭގައި ތިބުމަށް ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
އާދިއްތަދުވަހު ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާ ތަކާ ގުޅިގެން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެގައުމުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އިއްޔެ އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ.