ދިވެހި ބަހުގެ އެކަޑެމީ

ދިވެހި ޅެންވެރީންގެ އަދަބީ އުފެއްދުންތައް އުރުދޫބަހަށް ތަރުޖަމާކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ދިވެހި ޅެންވެރީންގެ އަދަބީ އުފެއްދުންތައް އުރުދޫ ބަހަށް ތަރުޖަމާކުރުމާ ބެހޭގޮތުން އިޤްބާލު އެކެޑަމީގެ އިސްބޭފުޅުނާ މިއަދު މަޝްވަރާކޮށްފިއެވެ.

ދިވެހިބަހުގެ އެކަޑަމީއިން ބުނީ ދިވެހި ޅެންވެރީންގެ އަދަބީ އުފެއްދުންތައް އުރުދޫބަހަށް ތަރުޖަމާކުރުމާއި، އައްލާމާ އިގުބާލުގެ އަދަބީ އުފެއްދުންތައް ދިވެހިބަހަށް ތަރުޖަމާކޮށް ފޮތްތެރިކަން އާލާކުރެއްވުމާ މެދު އިޤްބާލު އެކެޑަމީގެ ކަމާ ބެހޭ އިސް ބޭފުޅުންނާ އެ އެކަޑަމީގެ ވަފުދު މިއަދު ބައްދަލުކޮށްފައިވާ ކަމުގައެވެ.

މީގެ އިތުރުން ދިވެހި ބަހުގެ އެކަޑަމީން ބުނީ ދިވެހިބަހުގެ އެކެޑަމީގެ ދިރާސީ ކުތުބުޚާނާގައި އައްލާމާ އިޤްބާލުގެ ނަންފުޅުގައި ފޮތްދާލައެއް ގާއިމުކުރެއްވުމާ މެދުވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމުގައެވެ. މިކަމާ ބެހޭ ގޮތުން އިޤްބާާލް އެކެޑަމީގެ އިސްވެރީންނާ މިއަދު މަޝްވަރާ ކުރެއްވުމުން އެ ދާލައިގައި ބަހައްޓާން އިޤްބާލުގެ އަދަބީ ބައެއް އުފެއްދުންތައް ހަދިޔާކުރައްވާފައިވާ ކަމަށް ވެސް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ.

ދިވެހިބަހުގެ އެކަޑަމީން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުރުދޫ އަދަބުގެ ތެރެއިން، ދިވެހި އަދަބު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން ޕާކިސްތާނުގައި ހުންނަ އައްލާމާ އިޤްބާލް އެކެޑަމީގެ ވެރީންނާ ދިވެހިބަހުގެ އެކެޑަމީގެ ހާއްސަ ވަފުދެއް އިއްޔެ ޕާކިސްތާނުގައި ބައްދަލުކޮށްފައިވާ ކަމުގައެވެ. އައްލާމާ އިގްބާލަަކީ ފާރިސީ ބަހާއި އުރުދޫ ބަހުގެ މަޝްހޫރު އަދީބެކެވެ.