ޚަބަރު

ލަންކާއަށް ދިން ބޮމުގެ ހަމަލާތައް ރައީސުލް ޖުމްހޫރިއްޔާ ކުށްވެރި ކުރައްވައިފި

މިއަދު ހެނދުނު ލަންކާގެ ހަ ތަނަކަށްދިން ބޮމުގެ ހަމަލާތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ.

މިއަދު ހެނދުނު ސްރިލަންކާއަށް ދިން ބޮމުގެ އެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މިއީ ވަރަށް ފިނޑި އަމަލެއް ކަމުގައެވެ.

އަދި މި ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކަށް ރައީސްވަނީ ހަމްދަރުދީގެ ޝުއޫރު ފާޅުކުރައްވައިފައެވެ.

ރައީސްގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލަންކާ އަށް ރާއްޖޭގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމުގައެވެ.

މީޑިޔާތަކުން ބުނާ ގޮތުގައި ލަންކާއަށް ދިން މިހަމަލާގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 170 އަށް އަރައިފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައެއްނުވެއެވެ.