ލަންކާ އެޓޭކް 2019

މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް، ހާދިސާގެ މައުލޫމާތު އިންޓެލިޖެންސަށް އޮތީ އެނގިފައި

11 Aug 08:54
މުހައްމަދު އައުޒަމް

އިންޑަސްޓްރިއަލް ޒޯނުގައި އުލްހިޔާ ކަތިލާން ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަކަރި އެބަ ހުރި. އުލްހިޔާ ކަތިލައިދިނުމުގެ ހިދުމަތް ދެނީ އެކި ޖަމާއަތްތަކުން. އެމީހަކު ބޭނުން ބަކަށްޓެއް އިހުތިޔާރު ކުރުމުން އެ ބަކަރި ކަތިލައިދިނުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

28 Apr 22:21

މާދަމާ އިން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފި.

27 Apr 18:04

ލަންކާގެ ފުލުހުން ބުނީ ކަނޑިތަކުގެ އިތުރުން، ޝައްކު ކުރެވޭ އެހެން ބައެއް ތަކެތި ވެސް އަންސާރާ އެކު ފެނިފައިވާ ކަމަށް.

27 Apr 18:04

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ނިގަމްބޯގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަންސާރު ހައްޔަރުކޮށްފި .

27 Apr 18:03

ބަންދުގެ ދުވަސް ޖަހާފައިވާ ދެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅުނު ދެމީހުންނަށް. އެދެމީހުންގެ ބަންދުގެ މުއްދަތަށް މައުންޓްލެވެނިއާގެ މެޖިސްޓްރޭޓް ކޯޓުންވަނީ 13 ދުވަސް ޖަހައިފަ.

27 Apr 18:03

ލަންކާގައި ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި.

27 Apr 18:02

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޫރްދީން ހައްޔަރުކޮށްފައި ވަނީ ލަންކާއިން ފެނުނު 46 ކަނޑިއާ ގުޅުން ހުރި މައްސަލައެއްގައި..

27 Apr 18:02

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބޯގެ މުނިސިޕަލް ކައުންސެލަރު ނޫރްދީން ތާޖުއްދީން ހައްޔަރުކޮށްފި...

27 Apr 00:16

ސްރީލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ޓެރަރިސްޓް ޖަމާއަތެއްގެ ދެ މީހުން މަރުވެއްޖެ.

ލަންކާގެ ސިފައިން ބުނީ އެ ހަމަލާތަކުގައި މަރުވެފައިވަނީ އިސްލާމިކް ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ދެ މީހުން ކަމަށް.

26 Apr 22:33

ތިން ފުރޮޅުލީ ވެހިިކަލަކުން ފެނުނު ބޮން ހަދަން ގެންގުޅޭ ކެމިކަލްތަކަކާއެކު ލަންކާ ނޭވީ އިން ތިން މީހަކު ހައްޔަރުކޮށްފި.

ލަންކާ ނޭވީގެ މީޑިއާ ސްޕޯކްސްޕާސަން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައިވަނީ ވެއްލަވައްތަ ރެއިލްވޭ ސްޓޭޝަނު ކައިރިން ކަމަށް.

26 Apr 20:17

ކޮލަމްބޯއާ 360 ކިލޯމީޓަރު ބޭރުގައި އޮންނަ އަމްޕަރާގައި ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ދަނީ ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ކަމަށް ރިޕޯޓުކޮށްފި.

26 Apr 19:41

ބޮން ހެދުމަށް ބޭނުންވާ ތަކެއްޗާއި ޖާނުން ފިދާވުމުގެ ހަމަލާދޭން ބޭނުންކުރާ ޖެކެޓާއި އައިއެސް ބެނާ އަދި ޔުނީފޯމެއް ފެނިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި.

އެ މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި.

26 Apr 19:29

ސްރީލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފި.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް. ފާއިތުވެދިޔަ ދެ ދުވަހު ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައި.

26 Apr 10:34

" މިހަމަލާއާ ގުޅިގެން އެއްވެސް އުޒުރެއް ދައްކާކަށް އަޅުގަނޑު ނެތިން. މީ ހަގީގަތް. ސަރުކާރުން މީގެ ޒިންމާ ނަގައި އެކަން ގަބޫލުކުރަން ޖެހޭނެ."
ރައީސް ސިރިސޭނާ
26 Apr 10:34

ސިރިސޭނާ ވިދާޅުވީ އައިސިސްގެ ހަރަކާތްތައް ލަންކާއިން ނައްތައިލައްވާނެ ކަމަށާއި އެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި އެ ގާބިލުކަން ހުންނާނެ ކަމަށް.

26 Apr 10:33

އެމަނިކުފާނު ވިދާޅުވީ ޑިއުޓީއަށް އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި މުޅި ސެކިއުރިޓީ ސިސްޓަމަށް ކުރިޔަށް ދުވަސްތަކުގެ ތަކުގެ ތެރޭ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް.

26 Apr 10:33

ނެޝަނަލް ތައުހީދު ޖަމާއާތް ހުއްޓުވާލަން ބަލާ އިރު މިހާރު ހުރި ގާނޫނުތަކުން އެކަމަށް ޖާގަ ނުލިބޭ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި...

26 Apr 10:32

މުސްލިމުންނާ މެދު ޓެރަރިސްޓުންގެ ގޮތުގައި ނުދެކުމަށާއި މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ސިރިސޭނާ ވިދާޅުވި ...

26 Apr 10:32

އައިޖީޕީ ވެސް އަދި ޑިފެންސް ސެކްރެޓަރީ ވެސް އެމައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައި ނުވާ ކަމަށާއި އާ ޑިފެންސް ސެކްރެޓަރީއެއް މިއަދު އައްޔަން ކުރައްވާނެ ކަމަށާއި އައިޖީޕީ ވެސް މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިރިސޭނާ ވިދާޅުވި ...

26 Apr 10:30

"ޑިފެންސް ސެކްރެޓަރީ އެކަން ސީރިއަސްކޮށެއް ނުނެންގެވި. އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) އަށް ވެސް ލިބުނު. އޭނަ އެ މައުލޫމާތު ދިނީ އޭނަގެ ފަސް ޑެޕިއުޓީންނަށް. އޭކަން އެކަކު އެ މައުލޫމާތު ވީއައިޕީ ސެކިއުރިޓީއަށް ފޮނުވި. އެކަމަކު އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަދި އަދި ދެން ތިބި ޑެޕިއުޓީން ވެސް އެމީހުންގެ ޒިންމާއެއް އަދައެއް ނުކުރޭ. އއެ މައުލޫމާތު ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން އެމީހުން ތިބީ ހަނު."
ރައީސް ސިރިސޭނާ
26 Apr 10:29

ސިރިސޭނާ ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް ހަތަރެއް އޭޕްރީލް ގައި ލަންކާގެ އިންޓެލިޖެންސް ހެޑަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް 12 އޭޕްރީލާ ހަމައަށް އެ މައުލޫމާތު އެތެރޭގައި ޕާސްކޮށްލަކޮށްލަ ތިބީ ކަމަށް..

26 Apr 10:29

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހާދިސާގައި އެކަން ކުރާން ބޭނުންކުރާނެ އާލާތާއި ގޮއްވާނެ ގޮތާއި ޓާގެޓްކޮށްފައިވާ ތަންތަނަށް ދާންދެން ހުރިހާ މައުލޫމާތެއް ވަނީ އެކުވެރި ގައުމަކުން ލަންކާގެ އިންޓެލިޖެންސް ހެޑަށް ކުރީން ހިއްސާކޮށްފައި ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ ...

26 Apr 09:15

ލަންކާގެހާލަތު އަދިވެސް މުޅީން ހަމަޔަކަށް ނޭޅޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ދިވެހީން ގޮސް ނޫޅުމަކީ ދިވެހި އެމްބަސީގެ އެދުމެއް. އަދި ސަލާމަތީ ބާރުތަކުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެމްބަސީން ވަނީ އެދިފައި.

25 Apr 18:03

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަ މީހަކު ހޯދުމަށް ލަންކާ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ.

ލަންކާ ފުލުހުން ހޯދަން އިއުލާންކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ތިން އަންހެނުން. ލަންކާ ފުލުހުން ވަނީ އެމީހުންގެ ފޮޓޯއާއި ނަން ވެސް އާންމުކޮށްފައި. އެމީހުންގެ މައުލޫމާތެއް ލިބިއްޖެ ނަމަ، ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ)އާ ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދޭ.

25 Apr 17:22

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާގައި ބޮން ގޮއްވި މީހުންގެ ހަށިތަކާ ހަވާލު ނުވާނެ ކަމަށް އޯލް ސިލޯން ޖަމިއްޔަތުލް އުލާމާ (އޭސީޖޭޔޫ) އެސޯސިއޭޝަނުން ބުނެފި.

25 Apr 16:56

ސްރީލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފި.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް. ރޭގައި ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައި.

25 Apr 16:24

ނުވާރާ އެލިޔާގެ ހަވާއެލިޔާ އިން ބޮން ގޮއްވަން ބޭނުންކުރާ އެއްޗެހި ފެނިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި.

25 Apr 15:11

ހަ ކަނޑިއާއި 21 އަތުބޮމާއި ގޮވާޒާތުގެ ތަކެއްޗާ އެކު ލަންކާއިން ތިން މީހުން ހައްޔަރު ކޮށްފި ކަމަށް ފުލުހުންގެ ސްޕޯކްސްޕާސަން ބުނެފި

25 Apr 11:00

މިއަދު ހެނދުނު އެއާޕޯޓަށްދާ މަގުގެ ސަރަހައްދުން ފެނުނު ޝައްކު ކުރެވޭ ވެހިކަލެއްގެ މައްސަލައިގައި ބަންޑާރަ ނައިކަ އެއާޕޯޓުގެ ޚިދުމަތްތައް ވެސް ވަގުތީ ގޮތުން ހުއްޓައިލި ކަމަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް މިހާރު ވަނީ ޚިދުމަތްތައް އަލުން ފަށާފައި. އެހެން ނަމަވެސް މި ކަމާ ގުޅިގެން ފްލައިޓް ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވޭ

25 Apr 10:57

ލަންކާގެ ޕުގޯޑާ ކޯޓު ސަރަހައްދުގައި އެއްޗެއް ގޮވައިފި.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެހާ ބޮޑު ގޮވުމެއް ނޫނެވެ. މި ގޮވުން ގޮވާފައި ވަނީ ކުނި އުކާ ސަރަހައްދެއްގައި.

25 Apr 10:39

ބަންޑާރަ ނައިކަ އިންޓަނެޝަނަލް އެއާޕޯޓަށް ދާން އޮންނަ މަގު، މި ވަގުތު އޮތީ ބަންދުކޮށްފައި ކަމަށް ލަންކާގެ މީޑިއާތަކުން ބުނޭ. އެ މަގު ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ ޝައްކު ކުރެވޭ ވެހިކަލެއް ބަލައި ފާސްކުރާތީ ކަމަށް ބުނޭ

25 Apr 10:38

ސަލާމަތީ ސަބަބުތަކަށް ޓަކައި ލަންކާގެ އެއްވެސް ސަރަހައްދެއްގައި ޑްރޯން އެރުވުން މަނާކޮށްފި

25 Apr 10:37

ރޭ ވެސް ލަންކާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

25 Apr 07:49

ލަންކާގެ ސަލާމަތީ ބާރު ތަކުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި 24 ގަޑި އިރު ހަމަވި ނަމަވެސް އެއްވެސް އިސް މަގާމަކަށް ބަދަލެއް ގެނައިކަން ޔަގީން ކުރެވިފައެއް ނުވޭ

24 Apr 12:39

ސްރީލަންކާގެ މިނިސްޓަރު އަދި ކުރީގެ އާމީ ޗީފު ވިދާޅުވީ މި ހަމަލާ އަކީ މީގެ ހަތެއް ނުވަތަ އަށެއްކަ އަހަރު ކުރީއްސުރެ ރޭވިގެން އައިސް ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް

24 Apr 12:36

މި ހާދިސާއާ ގުޅިގެން ކުރީން ސްކޫލުތައް ބަންދުކުރީ ދެ ދުވަހަށް ނަމަވެސް، ސްކޫލުތައް ބަންދުކުރާ މުއްދަތު މި މަހުގެ 29އާ ހަމައަށް އިތުރުކޮށްފި

24 Apr 12:34

ލަންކާއަށް އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ލަންކާގެ އިންޓެލިޖެންސަށް މައުލޫމާތުދީފި

24 Apr 12:33

ބޮން ގޮއްވާލި ހާދިސާތަކުގައި ޖާނުން ފިދާވެގެން ނުވަ މީހަކު ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިދާޅުވެއްޖެ

24 Apr 12:32

އާދީއްތަ ދުވަހުގެ ބޮން ގޮއްވި ހާދިސާއާ ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރްދަނާ ވިދާޅުވެއްޖެ.

23 Apr 22:39

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމައިފި.

ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމެވިކަން އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއުލާންކުރެއްވީ ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި.

ދިވެހީން އާންމުކޮށް ތިބޭ ތިން ހޮޓަލެއް ހިމެނޭ ގޮތުން ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ބޮން ގޮއްވާލައިފި އެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށްވުރެ އަރައިފަ އެވެ. އަދި ޒަޚަމްވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް އަރާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޒަޚަމްވެފައިވާ މީހުންގެ ސިދާ އަދަދު ޔަގީން ނުކުރެވެނީ އެތައް ހޮސްޕިޓާ ތަކެއްގައި މީހުންނަށް ފަރުވާދެމުން އަންނާތީއެވެ.

ބޮން ގޮއްވާލި ހޮޓާ ތަކުގެ ތެރޭގައި ދިވެހީން އާންމުކޮށް ގޮސް އުޅޭ ބޮޑެތި ހޮޓާތައް ކަމަށްވާ، ދަ ކިންގްސްބުރީ އާއި ސިނަމަން ގްރޭންޑާއި ޝަންގްރިއްލާ ވެސް ހިމެނޭ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާގެ މައުލޫމާތު ގާތުން ބަލަމުން އަންނަ ކަމަށް ދާދި ދެންމެ ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެއްސަކު ދެންމެ ބުނީ ހޮޓާ ތަކާއި ތިން ޗާޗެއްގެ އިތުރުން ދިވެހީން އެންމެ ގިނައިން ބާޒާރުކުރަން ގޮސް އުޅޭ ސަރަހައްދު ކަމަށްވާ ޕެޓާއަށް ދާން އޮންނަ ސަރަހައްދެއް ހިމެނޭ ގޮތުން މަގުމަތީގެ ބައެއް ސަރަހައްދު ތަކުގައި ވެސް ވަނީ ބޮން ގޮއްވާލައިފަ އެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރެއް ނުވެ އެވެ. ފޮރިން މިނިސްޓްރީން ވަނީ މި ހާދިސާއާ ގުޅޭ ގޮތުން މާލެއިން ނަމަ 7983400އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. ލަންކާއިން ނަމަ ގުޅުއްވާނީ 94727277072 ނުވަތަ 94766942654 އަށެވެ.

ލަންކާގައި މި ވަގުތު ހުރި ދިވެއްސަކު ދާދި ދެންމެ "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭ އިތުރު ސަރަހައްދުތަކެއްގައި ބޮން ގޮއްވާލައިފާނެ ކަމުގެ އިންޒާރުތަކެއް ލިބެމުންދާ ކަމަށާއި އެ އިންޒާރުތައް ފެތުރެމުން ދަނީ މެސެޖުތަކެއް މެދުވެރިކޮށް ކަމަށެވެ.

މި ހާދިސާގައި ލަންކާގެ ތިން ޗާޗަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލާފައި ވާތީ މުސްލިމުންނަށް އެޓޭކް އައުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ. ލަންކާގައި އުޅޭ ދިވެހީން ގޭ ތެރޭގައި ތިބުމަށް އެދި ގިނަ ބަޔަކު އަންނަނީ ޓުވީޓުކުރަމުންނެވެ.

އަިދ މިހާތަނަށް އައި އިރު އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނުކަން ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

ބޮމުގެ ހާދިސާ ތަކަށް ފަހު ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އަންނަނީ ކޮލަންބޯގެ މަގުތަކުގެ މަތީގައި ހަރަކާތްތެރިވަމުންނެވެ.

ތަމަޅަ ޓައިގަރުންގެ ހަނގުރާމަ ނިމުމަކަށް އައި ފަހުން ލަންކާގައި މި ފަދަ ބޮޑު ބޮން ގޮއްވުމުގެ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެ އެވެ. މި ހާދިސާގެ ތުހުމަތު އަދި މިހާތަނަށް އައި އިރު އެއްވެސް ބައެއްގެ ކޮށްފައި ނުވާ އިރު، ބޮން ގޮއްވާފައި ވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައި އެކި ސަރަހައްދުތަކުގައި ކަމުން، މި ހަމަލާތަކުގެ ފަހަތުގައި ގިނަ ބަޔަކު ތިބިކަން އެނގެ އެވެ.


ދާދި ދެންމެ މައުލޫމާތު ލިބުނު ގޮތުގައި، ލަންކާގައި މި ވަގުތު ތިބި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު ސަލާމަތްތެރިކަމާ އެކު ހޮޓަލަށް ހިނގައްޖެ އެވެ. އެ ޓީމާ އެކު މި ވަގުތު ފުލުހުން ވެސް ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާ އިރު، މިއަަދު ބޮން ގޮއްވާލާފައި ވަނީ ހަ ސަރަހައްދެއްގަ އެވެ.

ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނަ މީހުންގެ ސައްހަ އަދަދު ޔަގީން ނުވާތީ އާއި ހާލު ބޮޑު މީހުން ތިބުމުން، މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދާދި ދެންމެ މައުލޫމާތު ލިބުނު ގޮތުގައި، ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފުރާ މީހުން ހަތަރު ގަޑި އިރު ކުރީން އެއާޕޯޓަށް ދިއުމަށް އެދިފަ އެވެ. އެއީ ސެކިއުރިޓީ ޗެކު ކުރުމަށް ޓަކަ އެެވެ. އެއާޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ވަނީ ރައްޔިތުން ކެތްތެރި ކަމާއެކު ތިބުމަށާއި ތަހުގީގުކުރާ އޮފިޝަލުންނަށް ސަޕޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޒަޚަމްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ލަންކާގެ ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނާތީ އާއި އޭގެން ގިނަ ބައެއްގެ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު ބޮޑުކަމުން، ލޭ ހަދިޔާ ކުރުމަށް އެ ހޮސްޕިޓާތަކުން ވަނީ އެދިފަ އެވެ.

މި ހާދިސާއާ ގުޅިގެން މާދަމާ އާއި މާދަމާ ނޫން އަނެއް ދުވަހަކީ ލަންކާގައި ސަރުކާރު އަދި ސްކޫލިތައް ބަންދު ދެ ދުވަސް ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ލަންކާއަށް ދީފައިވާ ޓެރަރިސްޓް ހަމަލާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ ކުށްވެރިކުރައްވާފައި. އަދި ދިވެހި ރައްޔިތުން މި ހިތާމައިގައި ފުރިހަމައަށް ބައިވެރިވާ ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރާއްޖޭގެ އެއްބާރުލުން ލަންކާއަށް ފުރިހަމައަށް ލިބޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވޭ.

ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންގެންދާ ދެހިވެލަ ޒޫ ސަރަހައްދުގައި ބޮމެއް ގޮއްވާލައިފިއެވެ.

އެހިސާބުގައި ދިރިއުޅޭ ބައެއް ދިވެހިން "ވަން އޮންލައިން" އަށް އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަދި ބައެއް ދިވެހިން ދަނީ އެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިޔާގައި ހިއްސާ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގެމައި އެއާޕޯޓް ކަމުގައިވާ، ބަންޑާރަ ނައިކަ އެއާޕޯޓް ކައިރީގައި އޮންނަ ޑެމަޓަގޮނޑާ ގައިވެސް ވަނީ ބޮމެއް ގޮއްވާލައިފައެވެ. މިއީ މިއަދު ގޮއްވާލި އަށްވަނަ ބޮމެވެ.

މީގެ ކުޑަ އިރުކޮޅެއްކުރިން މި ބޮން ގޮއްވާލުމުގެ ސަބަބުން މިހާނަތަށް އަށްމީހުން މަރުވެފައިވާ ކަމަށް ހަބަރު ފަތުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނުއްސުރެން އެކި ސަރަހައްދު ތަކުގައި ދެމުންދާ ބޮން ގޮއްވުމުގެ ހަމަލާތަކާ ގުޅިގެން، ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފި އެވެ.

މީގެ ކުރިން ކާފިއު އިއުލާން ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު އިރުއޮއްސި 6:00 އިން ފެށީގެން މާދަމާ ހެނދުނު 6:00 އަށް ކަމަށްވިޔަސް ޑެމަޓަގޮނޑާ އަށްދިން އަށްވަނަ ހަމަލާއާ ގުޅިގެން މިވަގުތުން ފެށިގެން ލަންކާގައި ބަނީ ކާފިއު އިއުލާން ކޮށްފައެވެ.

ދެންމެ ލަންކާގައި ބޮމެއް ގޮވި ވީޑިއޯ އެއް އާއްމު ވެއްޖެއެވެ.

އިތުރު ތަފްސީލް އަންނަނީ..........