މުހައްމަދު މުސްތަފާ (ތިމަރަފުށި)

މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދު ފިޔަވައި މުޅި އެމްޑީޕީ އޮތީ އަޅުގަނޑާ ދެކޮޅަށް: މުސްތަފާ

1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި މުޅި އެމްޑީޕީ މަސައްކަތްކުރީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ރިޔާޒެވެ. އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ މުސްތަފާއެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރީ އޭނާ ހޮވުނަ ނުދޭންކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށާއި އޭނާއަށް ގޮނޑި ކާމިޔާބު ނުކުރެވުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށެވެ.

"ނަވާރަ ވަނަ މަޖިލީހަށް އަޅުގަނޑު ނުހޮވުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމްޑީޕީން. މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެނގޭ ޕާޓީން މަސައްކަތްކުރީ އަޅުގަނޑު ހޮވުނަ ނުދޭންކަން. ރައީސް ނަޝީދު ފިޔަވައި މުޅި ޕާޓީ އޮތީ އަޅުގަނޑާ ދެކޮޅަށް،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ މަޖިލީހަށް ނުހޮވުމަކީ އޭނާގެ ކުށެއް ނޫން ކަމަށާއި އޭގެ ބަދަލުގެ ގޮތުގައި އޭނާގެ މާލާއި މުދާ ސަރުކާރަށް ނަގަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި ދައުލަތަށް ފައިސާއެއް ދައްކަން އޮތިއްޔާ އެ ފައިސާއެއް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟