ދިވެހި ބަހުގެ އެކަޑެމީ

ދިވެހި ބަހުގެ ގަވައިދު ހިމެނޭ "ނަން"ފޮތް ނެރެފި

މަރިޔަމް ޝަހުދާ

ދިވެހި ބަހުގެ ގަވައިދު ''ނަން'' ފޮތް ނެރެފި އެވެ.

ދިވެހި ބަހުގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން މިއަދު މިފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

މި ފޮތް ނެރުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ މި ފޮތުގައި ހިމެނޭ މައުލޫމާތުތައް ބަހުގެ އެކަޑެމީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑެމީގެ ގަވައިދު ކޮމެޓީގެ ރައީސް ޝާހިދު ހަލީމް ވިދާޅުވީ މިހާރު ބޭނުން ކުރާ ގަވައިދުތަކުގެ ތެރެއިން ބަދަލުވެފައިވާ ބައެއް ގަވައިތައް މި ފޮތުގައި ހިމެނޭނެ ކަމަށެވެ. އެގޮތުން ބައެއް ގަވައިދުތަކުގެ ނަން ބަދަލުކޮށް، އިތުރު ގަވައިދުތަކެއް މިފޮތުގައި ހިމަނާފައި ވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ގަވައިދަށް ގެނެސްފައިވާ އިސްލާހުތަކަކީ އެކަންކަމާމެދު ފުންކޮށް ވިސްނައި އެކަމާ ގުޅިގެން ދިރާސާކޮށް ގަވައިދު ކޮމިޓީން މަޝްވަރާކޮށްގެން ގެނެސްފައިވާ އިސްލާހު ތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ފޮތުން ކުރިން ބޭނުން ކުރަމުން އައި ގޮތާއި، އަލަށް ގެނެވުނު ބަދަލުތައް ފެންނަން ހުންނާނެ ކަަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ފޮތާ މެދު ހުރި ހިޔާލުތަކާއި، ބަހުގެ ގަވާއިދާމެދު ހުރި ހިޔާލުތައް ހިއްސާކުރެއްވުމަށް އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންނެވި އެވެ.